ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރ (IUL)409/409/2021/4 ( 27 ޖެނުއަރީ 2021 ) އިޢުލާނާއި ގުޅިގެން 04 ފަރާތުން ހުށަހެޅުއްވާފައިވާ ބިޑްތަކުގެ ތެރެއިން 03 ފަރާތުގެ ޝަރުތު ހަމަނުވާތީ، އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.
ގއ. ނިލަންދޫ ހެލްތް ސެންޓަރުގެ އެކްސްޓެންޝަން އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 މާރޗް 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 14 މާރޗް 2021 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން p4nilandhoo@gmail.com އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އީ މެއިލް މެދުވެރިކޮށް ބިޑާއި ބެހޭ މައުލޫމާތު ދެވޭނެއެވެ. މިމަސައްކަތާއި ގުޅޭ ބިޑް ހުށަހަޅަންޖެހޭ ތަން އަދި ތާރީޚް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ވަގުތު |
ބިޑް ހުށަހެޅުން |
ގއ.ނިލަންދޫ ކައުންސިލްގެ އިދާރާ އަދި މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) |
17 މާރޗް 2021 |
ބުދަ |
11:30 |
މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 14 މާރޗް 2021 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން p4nilandhoo@gmail.com އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
19 ރަޖަބް 1442
03 މާރޗް 2021