ދިވެހިރާއްޖެ
އިޢުލާން
މަރަދޫފޭދޫ އަވަށުއޮފީހުގައި ހުރި ބައުތަކެތި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަން ކިއުން އޮންނާނީ 16 މާރިޗް 2021 ވާ އަންގާރަ ދުވަހުގެ ހެނދުނު 9:00 ގައި މަރަދޫފޭދޫ އަވަށުއޮފީހުގެ ގޯތިތެރޭގައެވެ.
ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން 2021 މާރިޗް 10,11,14 މި ތިންދުވަހުގެ 8:30 އިން 12:00 އަށް މަރަދޫފޭދޫ އަވަށުއޮފީހަށް ވަޑައިގަތުމުން ތަކެތި ބެއްލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. ނީލަން ކުރިއަށް ގެންދެވޭނީ މަދުވެގެން 03 ބައިވެރިންގެ ހާޟިރުގައެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 03 ދުވަހުގެ ތެރޭގައި ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންގޮސް ނިންމަންވާނެއެވެ.
ވީމާ ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 16 މާރިޗް 2021 ވާ އަންގާރަ ދުވަހުގެ 9:00 އަށް މަރަދޫފޭދޫ އަވަށުއޮފީހަށް ދުރުވުމުން ނީލަމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމުގައި ޢާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.
25 ރަޖަބް 1442