ދިވެހިރާއްޖެ
ސުރުޚީގައި ދަންނަވާފައިވާ ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ފެށުމަށް ތާވަލް ކުރެވިފައިވާތީ، މުވައްޒަފުންގެ އެކަމަޑޭޝަންގެ ކަންކަން ހަމަޖެއްސުމަށްޓަކައި 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގރޫމް ހިމެނޭ ގޮތަށް، މަސައްކަތް ނިމެންދެން ތަނެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.
ވީމާ، ދ.މީދު އިން ޝައުގުވެރިވެލައްވާ ފަރާތްތަކުން ، މިކަމަށް އެދި ހުށަހަޅާ ހުށަހެޅުންތައް 18 މާރިޗް 2021 ގެ އޮފީސް ބަންދުވުމުގެ ކުރިން މި ކުންފުންޏަށް ހުށައެޅުމަށް އެދެމެވެ. އަދި މި ކަމަށް ކުރިމަތިލައްވާ ފަރާތްތަކުން ގެ ކުއްޔަށް ދޭން ހުށަހަޅާ ޕްރޮޕޯސަލްތަށް info@mtcc.com.mv އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ހުށަހެޅިފައިވާ އަގުތަށް ބެލުމަށް ފަހު އެމްޓީސީސީ އިން ހިޔާރު ކުރާފަރާތަކާއިއެކު އެއްބަސްވުމެއް ހެދި އަމަލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި އިތުރު މައުލޫމާތު ބޭނުންވެ ލައްވާނަމަ މިކުންފުނީގެ ނަންބަރ : 3001121 އަށް ގުޅުއްވުން އެދެމެވެ.