ދިވެހިރާއްޖެ
ރ. ދުވާފަރުގައި ޓިނު އަދި ކޯނިސް އުފެއްދުމަށް ފެކްޓްރީއެއް އެޅުމަށް އިޢުލާން ކުރުން |
ރ. ދުވާފަރު ލޭންޑުޔޫސް ޕްލޭންގައިވާ ކުލީ ބިންތަކުގެ ތެރެއިން 16.03 ނަމްބަރު ބިން، އެލްމިނިއަމް، ޓިނު އަދި ކޯނިސް އުފެއްދުމަށް ފެކްޓްރީއެއް އެޅުމަށް ކުރިން ކުރި އިޢުލާނަށް (ނަމްބަރ: (IUL)304-MS/304/2021/37) 1 ފަރާތަކުން ކުރިމަތި ލާފައިވާތީ އަލުން މި ބިން 10 އަހަރު ދުވަހަށް ކުއްޔަށް ދޫކުރުމަށް އިޢުލާން ކުރަމެއެވެ. ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކުލީ ބިން ތަފްޞީލް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބިޑް ޑޮކިއުމަންޓެއް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 750.00ރ (ހަތްސަތޭކަ ފަންސާސް ރުފިޔާ) އަށެވެ. މި އިދާރާއިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކުލީބިމަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ރ.ދުވާފަރު އަދި ރ.ކަނދޮޅުދޫ ނިސްބަތްވާ ފަރާތެއް ހިމެނޭ ކުންފުނިތަކަށާއި، ކޯޕަރޭޓިވްސްތަކަށާއި، ޕާރޓްނަރޝިޕްތަކަށާއި އަދި މިފަދަ ވިޔަފާރއެއްކުރުމަށް އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި މީގެ ކުރިން މި އިދާރާއިން ދޫކުރެވިފައިވާ އެއްވެސް ކުލީބިމެއްގެ ކުލި ޤަވާޢިދާ އެއްގޮތަށް ކުލި ދައްކާފައިނުވާ ފަރާތެއް ހިމެނޭ ކުންފުނިތަކަށާއި، ކޯޕަރޭޓިވްސްތަކަށާއި، ޕާރޓްނަރޝިޕްތަކަށާއި އަދި މިފަދަ ވިޔަފާރއެއްކުރުމަށް އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަ ކުލީބިމަށް ކުރިމަތިލުމުގެ ފުރުސަތު ނެތް ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ތާރީޚާއި އެއްގޮތަށް ބިޑް ޑޮކިއުމަންޓް ގަތުމުގެ ފުރުސަތު ހުޅުވާލީމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚްތަކަށް ބަދަލެއް އަންނަނަމަ މިއިދާރާއިން އާންމުކޮށް އަންގާ އިޢުލާންކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.
|
03 ޝަޢުބާން 1442
16 މާރޗް 2021