ދިވެހިރާއްޖެ
ސާފު ރާއްޖެ - މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް
ގްރާންޓް ނަމްބަރ: D199-MV
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެބޭނުމަށް ފެރީއެއް ކުއްޔަށް ހިފުމަށް –3 ވަނަ ކޮންޓްރެކްޓް- 3ވަނަ އިޢުލާން
(IUL)438-MCEP/438/2021/73: ތާރީޚް: 17 މާރިޗް 2021 ނަމްބަރު
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ދަށުން ހިންގަމުންދާ، މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް މަޝްރޫޢުގެ ދަށުން ރ.ވަންދޫގައި މަސައްކަތް ކުރާ ކޮންޓްރެކްޓަރުން ރ. ވަންދޫ އާއި ރ. އިންނަމާދޫ ނުވަތަ ރ. ރަސްމާދޫއާ ދެމެދު ދަތުރުކުރުމަށްޓަކައި ފެރީއެއް ކުއްޔަށް ހިފުމަށް ކުރި ނަންބަރު (IUL)438-MCEP/438/2021/57 އިޢުލާނަށް ލިބިފައިވާ އަގުތައް މި މަސައްކަތައް ކަނޑައެޅިފައިވާ ބަޖެޓަށްވުރެ ބޮޑުކަމަށް ފެންނާތީ، މި ބީލަންތައް ބާތިލްކޮށް މި މަސައްކަތައް ބީލަން ހުށަހެޅުމުގެ ފުރުސަތު، މި މަސައްކަތައް ޝައުގުވެރިވާ އެންމެހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
އަދަދު |
އުޅަދުގެ ނަން |
ބޭނުންވާ މުއްދަތު |
01 |
01 ފެރީ ދޯނި – 30 މީހުންގެ ޖާގަ |
1 އަހަރު |
މި ފެރީ އޮޕަރޭޓް ކުރުމަށް ހަމަޖެހިފައިވަނީ ތިރީގައި ދެންނެވިފައިވާ ތާވަލާއި އެއްގަތަށެވެ.
ތަފްސީލް |
ބޭނުންވާ މުއްދަތު |
ރ. ރަސްމާދޫ / ރ. އިންނަމާދޫ / ރ. ވަންދޫ |
ހެނދުނު (ދެ ފަރާތުން ވާހަކަ ދައްކައިގެން ގަޑި ކަނޑައެޅުމަށް) |
ރ. ވަންދޫ / ރ. އިންނަމާދޫ / ރ. ރަސްމާދޫ |
ހަވީރު (ދެ ފަރާތުން ވާހަކަ ދައްކައިގެން ގަޑި ކަނޑައެޅުމަށް) |
ވީމާ، މަތީގައި ދަންނަވާފައިވާ ފެރީގެ ޙިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތައް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 މާރިޗް 24 ވާ ބުދަ ދުވަހު 11:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އަގު ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޖެކްޓް މެނޭޖަރ
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ހަނދުވަރީ ހިނގުން، މާފަންނު
މާލެ، ދިވެހިރާއްޖެ.
އީމެއިލް: mcep@environment.gov.mv
އަގު ހުށަހެޅުން އޮންނާނީ 2021 މާރިޗް 24 ވާ ބުދަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަގުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. އަގުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި މަސައްކަތައް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި އަގު ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.