ދިވެހިރާއްޖެ
އިޢުލާން
މަދަނީ ޖަމްޢިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރު ކުރުން
މަދަނީ ޖަމްޢިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގައި، ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅޭ ގޮތުން ސަރުކާރުން މިހާރު އަޅުއްވާފައިވާ ފިޔަވަޅުތަކާއި ގުޅިގެން، ގްރާންޓަށް އެދި ޕްރޮޕޯސަލް ހެދުމުގައި ދަތިތައް ދިމާވާކަމަށް މަދަނީ ޖަމްޢިއްޔާތަކުން އެދެމުންދާތީ، ނަންބަރު: IUL)141-CE/141/2021/33) (14 ފެބްރުވަރީ 2021) އިޢުލާނުގެ މުއްދަތު އިތުރު ކޮށްފީމެވެ. އިޖުތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރިކުރުމަށް ހުށަހެޅޭ މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ އުޞޫލާއި، އެހީ ހޯދުމަށް ހުށަހަޅާ ޕްރޮޕޯޒަލްގައި ހިމަނަންޖެހޭ ބައިތައް މި އިޢުލާނާއެކު ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.youth.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.
ގްރާންޓްގެ ނަން:
|
ޕްރޮޕޯސަލް ފޯމް ލިބެން ހުންނާނެތަން: www.youth.gov.mv ވެބްސައިޓުން |
ޕްރޮޕޯސަލް ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެ ފަހުގެ ތާރީޚް: 29 އޭޕްރީލް 2021 ވަނަދުވަހުގެ 13:00ގެ ނިޔަލަށް |
ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތަން: ce@youth.gov.mv އީމެއިލް މެދުވެރިކޮށެވެ. |
ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި: - ޖަމްޢިއްޔާގެ ރަޖިސްޓްރީ ކޮޕީ |
ނޯޓް:
|