ދިވެހިރާއްޖެ
ސުރުޚީގައި ދަންނަވާފައިވާ ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ފެށުމަށް ތާވަލް ކުރެވިފައިވާތީ، މުވައްޒަފުންގެ އެކަމަޑޭޝަންގެ ކަންކަން ހަމަޖެއްސުމަށްޓަކައި 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގރޫމް ހިމެނޭ ގޮތަށް، މަސައްކަތް ނިމެންދެން ގެއެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.
ވީމާ، މ.މުލި އިން ޝައުގުވެރިވެލައްވާ ފަރާތްތަކުން ،މިކަމަށް އެދި ހުށަހަޅާ ހުށަހެޅުންތައް 24 މާރިޗް 2021 ގެ އޮފީސް ބަންދުވުމުގެ ކުރިން މިކުންފުންޏަށް ހުށައެޅުމަށް އެދެމެވެ. އަދި މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުން ގެ ކުއްޔަށް ދޭން ހުށަހަޅާ ޕްރޮޕޯސަލްތަށް info@mtcc.com.mv އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ހުށައެޅިފައިވާ އަގުތަށް ބެލުމަށްފަހު އެމްޓީސީސީ އިން ހިޔާރު ކުރާފަރާތަކާއިއެކު އެއްބަސްވުމެއް ހެދި އަމަލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި އިތުރު މައުލޫމާތު ބޭނުންވެ ލައްވާނަމަ މިކުންފުނީގެ ނަންބަރ: 3001121 އަށް ގުޅުއްވުން އެދެމެވެ.