ދިވެހިރާއްޖެ
މި އޮފީހުގެ ނަންބަރ: (IUL)MRH-HR/MRH/2021/10 (21 ފެބުރުވަރީ 2021) އިޢުލާނު މި ހޮސްޕިޓަލުގެ "ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ" މަޤާމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުމުން، ޝަރުތުހަމަވާ ފަރާތަކުން ކުރިމަތި ލައްވާފައިނުވަތީ، އެ މަޤާމަށް މީހަކުހޯދުމަށް ފުރުޞަތު ހުޅުވާލަމެވެ. |
|
މަޤާމު |
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ |
ބޭނުންވާ އަދަދު |
01 (އެކެއް) |
މަޤާމުގެ ނަންބަރު |
J-289581 |
މަޤާމުގެ ގިންތި |
ދާއިމީ |
މަޤާމުގެ ރޭންކް |
އެމް. އެސް. 1 |
މަޤާމުގެ ކްލެސިފިކޭޝަން |
ސީނިއަރ އޮފިސަރ ގްރޭޑް 1 |
ޑިވިޝަން / ސެކްޝަން |
އެޑްމިނިސްޓްރޭޓިވް އެންޑް ހިއުމަރިސޯސަސް ސެކްޝަން |
ޔުނިޓް |
ހިއުމަން ރިސޯސަސް |
ވަޒީފާ އަދާކުރަންޖެހޭ ތަން |
މުލީ ރީޖަނަލް ހޮސްޕިޓަލް |
މުސާރަ |
-/5610 ރުފިޔާ |
ސަރވިސް އެލަވަންސް |
-/2000 ރުފިޔާ |
އެހެނިހެން އެލަވަންސް |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
|
މަޤާމުގެ ޝަރުތުތައް |
މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. |
ތައުލީމީ ރޮނގުތައް |
އެޑްމިނިސްޓްރޭޝަން، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން |
ގުޅޭ ވަޒީފާގެ ދާއިރާތައް |
އެޑްމިނިސްޓްރޭޝަން، މެނޭޖްމެންޓް |
ހުށަހަޅަންޖެހޭ ލިޔުންތައް |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ރ) އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް މިނިސްޓްރީ އޮފް ހެލްތްގެ ވެބްސައިޓް http://health.gov.mv/Uploads/Downloads/Informations/Informations(346).pdf ޑައުންލޯޑްސް އިން ލިބެން ހުންނާނެއެވެ. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
މިޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 މާރިޗު 2021 ގެ 14:00 ގެ ކުރިން، މުލީ ރީޖަނަލް ހޮސްޕިޓަލަށް ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް: mrh@health.gov.mv މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ. |
އިންޓަރވިއު،އޮންނާނެ ތަނާއި، މުއްދަތު |
މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އޮންނާނީ، 5 އެޕްރީލް 2021 އާއި 20 އެޕްރީލް 2021 އާއި ދެމެދު، މުލީ ރީޖަނަލް ހޮސްޕިޓަލްގައެވެ. މި ވަޒީފާއަށް ކުރިމަތިލާފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށްތައްޔާރުވެގެން ތިބުން އެދެމެވެ. |
ޝޯޓް ލިސްޓް ކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް ) ޢާންމުކުރުން: |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވާޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް" (A2 ފޯމް) އާންމުކޮށް ފެންނާނެހެން މިހޮސްޕިޓަލްގެ ނޯޓިސް ބޯޑްގައި، އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މުލީރީޖަނަލް ހޮސްޕިޓަލަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6720632 އަށެވެ. އީ-މެއިލް ކުރާނީ mrh@health.gov.mv އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |