މަސައްކަތް
ނަންބަރު: I/HB/2021/02
ޕަބްލިޝްކުރި ތާރީޚް: 23 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 08:29
ސުންގަޑި:
30 މާރިޗު 2021 13:00
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މާލޭ ގެ 355 ނަމްބަރ ކޮށީގައި (1 ނަމްބަރ ކުނި ކޮށީގެ އިރުން ) ވާ އެސޯސިއޭޝަނުގެ ހޭންޑްބޯޅަ ދަނޑުގައި ސިންތެޓިކް ފްލޯރިން އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތައް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މި މަސައްކަތައް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށް ގެންދެވޭނީ ދައުލަތުގެ މާލިއްޔަތު ޤަވާޢިދުގައިވާ ގޮތުގެ މަތީންނެވެ. އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި، އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ މި އިޢުލާނާއި އެކުގައިވާ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
- މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 މާރިޗު 2021 ވާ އަންގާރަ ދުވަހުގެ 13:00 އަށް ހޭންޑްބޯލް ދަނޑަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
- ބީލަން ހުޅުވުން އޮންނާނީ ، 11 އޭޕްރީލް 2021 ވާ އާދީއްތަ ދުވަހު 13:00 ގައި ހޭންޑްބޯލް ދަނޑުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަދި ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. އަދި ހުރިހާ ބީލަމެއްގައިވެސް، އެބީލަމެއްގައި ހިމެނޭ އެންމެހައި ކަރުދާހުގައި ޞަފްހާ ނަންބަރު ދެވިފައި ހުންނާންވާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެސޯސިއޭޝަންގެ ނަންބަރު 3000500 ގުޅުއްވުން އެދެމެވެ.
23 މާރިޗު 2021