މަސައްކަތް
ނަންބަރު: (IUL)367-AS/367/2021/49
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 14:15
ސުންގަޑި: 14 އޭޕްރިލް 2021 11:00
މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދެކުނުއަވަށު އިޖުތިމާޢީ ސަރަޙައްދު ދިލާސާފުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

އިޢުލާން

ތާރީޚް:

05 އޭޕްރީލް 2021

ނަންބަރު:

(IUL)367-AS/367/2021/49

ދެކުނުއަވަށު އިޖުތިމާޢީ ސަރަޙައްދު ދިލާސާފުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

 

މ.ކޮޅުފުށީ ދެކުނުއަވަށު އިޖުތިމާޢީ ސަރަހައްދު ވަކިން ކޮންޓްރެކްޓް އުޞޫލުން ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް 06 އޭޕްރިލް 2021 (އަންގާރަ) ވަނަ ދުވަހުގެ 9:00 އާއި 08 އޭޕްރީލް 2021 (ބުރާސްފަތި) ވަނަ ދުވަހުގެ 12:00 އާއި ދެމެދު، މަޢުލޫމާތު ސާފުކުރައްވާ ކުންފުނި / ވިޔަފާރީގެ ނަމާއި، ގުޅޭނެ ނަންބަރު އަދި އީ-މެއިލް އެޑްރެސް ބަޔާންކޮށް info@kolhufushi.gov.mv އަށް އީ-މެއިލް ކުރެއްވުމުން މި މަސައްކަތާގުޅޭ މަޢުލޫމާތާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމް އެފަރާތަކަށް 08 އޭޕްރީލް 2021 (ބުރާސްފަތި) ވަނަ ދުވަހުގެ 14:00 ގެ ކުރިން އީ-މެއިލް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ.

މި މަސައްކަތުގެ އަންދާސީ ހިސާބު ބަލައިގަތުމާއި، އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ 14 އެޕްރީލް 2021 ވާ ބުދަ ދުވަހުގެ 11:00 ގައި މިކައުންސިލުގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މިމަސައްކަތުގެ ބިޑުހުށަހެޅުމަށް ހަމަޖެހިފައިވަނީ ދެސަރަޙައްދު ވަކިން ކަމުގައި ދަންނަވަމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވައި މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

05 އޭޕްރިލް 2021