މަސައްކަތް
ނަންބަރު: MMS-A/2021/05
ޕަބްލިޝްކުރި ތާރީޚް: 25 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 13:09
ސުންގަޑި: 06 މޭ 2021 11:00
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
ވެހިކަލް ސަރވިސް ކުރުމަށް

                                                              ނަންބަރ: MMS-A/2021/5

އިޢުލާން

ދެ ވެހިކަލް ސަރވިސް ކުރުމަށް އަންދާސީ ހިސާބު ބޭނުންވެއްޖެ.

މި ސަރވިސްގެ ދެ ވެހިކަލް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 މޭ 06 ވާ ބުރާސްފަތި ދުވަހުގެ11:00  އަށް ހުޅުލޭ  (ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް) ގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް މި އިދާރައިގެ އީމެއިލް އެޑްރެސް info@met.gov.mv އަށް 03 މޭ 2021 ވާ ހޯމަ ދުވަހުގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

 

މަސައްކަތުގެ ތަފްޝީލް

  •  މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ހުޅުލޭގައި ދުއްވާ ރަޖިސްޓްރީ ނަންބަރC1 G2379   ޕިކަޕްގެ ތިރީގައި މިދަންނަވާ ކަންތައްތައްކުރުން
  1. ފުލް ސަރވިސް ކޮށްދިނުން
  2. ވެހިކަލް ޗެސިސްއިން ދަބަރު ކަހާ އަންޑަރކޯޓް ލުން
  3. އެއަރކޮންޑިޝަންއިން ފިނި ނުވާމައްސަލަ ބަލައި ސާރވިސް ކުރުން
  4. ގިޔަރ ތެޔޮ އަދި އަޑި ތެޔޮ ބަދަލުކުރުން އަދި ފިލްޓަރ ތައް ބަދަލުކުރުން
  5. ކޫލަންޓް ހަމަކުރުން
  6. ވައިޕަރ ކުލަކެހިފައި ހުރިތަން ރަގަޅުކޮށް ސްޕްރޭކުރުން. ވައިޕަރ ރަބަރުކޮޅު ބަދަލުކުރުން
  7. ބުރެކި ސަރވިސް ކުރުން
  8. ސްޕެއަރ ފުރޮޅު އެޅުވުން (ވޮއްޓާއި ޓަޔަރާއި އެކީ)
  9. ކްލަޗް ސިސްޓަމް ޗެކްކޮށް ރަގަޅުކުރުން

 

  •  އަދި ރަޖިސްޓްރީ ނަންބަރ  B1 G5458ޖީޕްގައި ކުރަންހުރި މިދަންނަވާ ކަންތައްތަށް ކުރުން.
  1. ވެހިކަލް ފުލް ސަރވިސްކުރުން
  2. ބުރެކި ސަރވިސްކުރުން
  3. ގިޔަރ ތެޔޮ އަދި އަޑި ތެޔޮ ބަދަލުކުރުން އަދި ފިލްޓަރ ތައް ބަދަލުކުރުން
  4. އެއަރ ކޮންޑިޝަން ސަރވިސްކުރުން
  5. މަތީ ރޫފްގެ ޕެކިން ކައިރިން ފެން ލީކްވާތަން ރަގަޅުކުރުން
  6. ވައިޕަރ ރަބަރުކޮޅު ބަދަލުކުރުން
  7. ވެހިކަލް ޗެސިސްއިން ދަބަރު ކަހާ އަންޑަރކޯޓް ލުން
  8. ކޫލަންޓް ހަމަކުރުން
  9. ސްޕެއަރ ފުރޮޅުގެ ޓަޔަރ ބަދަލުކުރުން
  10.  ފަހަތު ދޮރުގެ އަތްގަނޑު ބަދަލުކުރުން

 

އެސްޓިމޭޓްއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް

  1. ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް / އަމިއްލަ ފަރާތެއްނަމަ އެފަރާތެއްގެ ތަޖްރިބާ.ކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ ތަފްސީލް
  2. ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ
  3. ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ
  4. އަމިއްލަފަރާތަކުން ހުށައަޅުއްވާނަމަ އައިޑީކާޑު ކޮޕީ
  5. މީގެ ކުރިން ކުރެވިފައިވާ އަދި މިހާރު ކުރަމުންދާ މި ބާވަތުގެ މަސައްކަތާއި ބެހޭ މައުލޫމާތު.
  6. މި މަސައްކަތުގައި ލިބިފައިވާ ތަޖްރިބާ އަންގައިދޭ ލިޔުން.

އެސްޓިމޭޓް ހުށަހަޅާއިރު ސަމާލުކަން ދޭންޖެހޭ މުހިންމު ބައެއް ކަންތައްތައް

  • ތައްޔާރުކުރާ އެސްޓިމޭޓަށް 02 މަސްދުވަހުގެ ވެލިޑިޓީއެއް ދެއްވަން ވާނެއެވެ.
  • ކޮންމެ ވެހިކަލްއަކަށް ވަކިން އެސްޓިމޭޓް ހުށަހެޅުށްވުން އެދެމެވެ. ދެ ވެހިކަލްގެ ބިޑްތައް އިވެލިޔުއޭޓް ކުރުމަށް ހަމަޖެހިފައިވަނީ ވެސް ވަކިންނެވެ.
  • ހުށަހަޅާ އެސްޓިމޭޓްގައި ކުރަންޖެހޭ މަސައްކަތްތަކަށް ތަފްސީލް އަގާއި ޖުމަލަ އަގު އަދި ޖީ.އެސް.ޓީ. ހިމަނަންވާނެއެވެ.
  • ހުށަހަޅާ އެސްޓިމޭޓްގައި މަސައްކަތް ނިންމާނެ މުއްދަތު ހިމަނަންވޭނެއެވެ.
  • ވެހިކަލް ގަރާޖަށް ގެންދިޔުމާއި މިސަރވިސްއަށް ގެނައުމަކީ މަސައްކަތް ހަވާލުވާ ފަރާތުން ކުރަންޖެހޭ ކަމެކެވެ.

 

ބިޑް އިވެލުއޭޝަން ކްރައިޓީރިއާ

ތަފްސީލް

ޕޮއިންޓް

  1. ހުށަހަޅާފައިވާ އަގު:

 Minimum Quoted Price) / (Quoted Price) x 85)

85

  1. މުއްދަތު:

 Shortest Delivery Period) / (Quoted Delivery Period) x 10)

10

  1. ތަޖުރިބާ:  (މިބަޔަށް މާރކްސް ދެވޭނީ މަސައްކަތު ތަޖުރިބާ ބަޔާންކޮށްދެން ހުށަހަޅާ ކޮންމެ ފުރިހަމަ ލިޔުމަަކަށް 1 ޕޮއިންޓްގެ ރޭޓުންނެވެ)

ފުރިހަމަ ލިޔުމެއްކަމަށްބެލެވޭނީ، ވޭތުވެދިޔަ 5 އަހަރުތެރޭގައި މި ކަމާއި ގުޅުންހުރި މަސައްކަތެއް ފުރިހަމަ ކުރުމަށްފަހު މަސައްކަތް ކޮށްފައިވާ އަގާއި، މުއަދަތު އަދި ތާރީޙް އެންގޭނޭ ގޮތަށް ހުށަހަޅާފައިވާ ލިޔުމަށް އެކަންޏެވެ. މފަދަ 5 ލިޔުން ނުވަތަ އެއަށްވުރެ އިތުރުވާނަމަވެސް ލިބޭނީ 5 ޕޮއިންޓެވެ.

05

 

 

 

 

 

 

 

 

ހުށަހެޅޭއަންދާސީހިސާބެއްބާތިލް (ޑިސްކޮލިފައި) ކުރެވޭގޮތްތައް:

  1. ހުށަހަޅާ އަންދާސީ ހިސާބުގައި މުއްދަތު ނެތުން.
  2. ހުށަހަޅާ އަންދާސީ ހިސާބުގައި، އަގު ހުށަހަޅަންޖެހޭ ކަންކަމުގެ ތެރެއިން އެއްވެސްކަމަކަށް އަގުހުށަހެޅިފައި ނެތުން.
  3. އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވުން.
  4. އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ ލިޔުންތައް ހުށައަޅާފައި ނުވުން.
  5. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކް ލިސްޓް" ކުރެވިފައިވާ ފަރާތަކުން ނުވަތަ އެފަރާތާ ގުޅުންހުރި ( ބްލެކްލިސްޓް ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ) ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު.

13   ރަމަޟާން 1442

 

25 އޭޕްރިލް 2021