މަސައްކަތް
ނަންބަރު: (IUL)10-F/10/2021/65
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2021
ޕަބްލިޝްކުރި ގަޑި: 12:25
ސުންގަޑި: 25 މޭ 2021 13:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ކޮންސަލްޓެންޓެއް ހޯދުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

     މާލެ، ދިވެހިރާއްޖެ                                           

                     ނަންބަރު:   IUL 10-F/10/2021/65

އިޢުލާން

ވަޒީފާގެ ފުރުސަތު (ކޮންސަލްޓަންޓް)

މި މިނިސްޓްރީގެ ނޭޝަނަލް އިވެންޓްސް ޔުނިޓުގެ މަސައްކަތްތަކަށް ބޭނުންވާ ކޮންޓެންޓް ތައްޔާރުކޮށް ޑައިރެކްޓް ކުރުމަށްޓަކާ 08 މަސްދުވަހުގެ މުއްދަތައް ކޮންސަލްޓަންޓެއް ބޭނުންވެއެވެ.

މަޤާމް: ކޮންސަލްޓަންޓް (ކޮންޓެންޓް ޑިވެލޮޕަރ/ ޑައިރެކްޓަރ)

ބޭނުންވާ ޢަދަދު: 1 (އެކެއް)

ޓަރމްސް އޮފް ރެފަރެންސް:

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު މި އިޢުލާނާ އެއް ކަރުދާސް ކުރެވިފައިވާ "ޓަރމްސް އޮފް ރެފަރެންސް" ގައި ބަޔާން ކުރެވިފައިވާނެއެވެ.

މަޤާމަށް އެދި ހުށަހެޅުން:

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 މެއި 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 1:00ގެ ކުރިން މި މިނިސްޓްރީގެ އީމެއިލް އެޑްރެސް procurement@homeaffairs.gov.mv އަށް، މިއިޢުލާނާއެކުމިވާ "ޓަރމްސް އޮފް ރެފަރެންސް" ގައި ބުނެފައިވާ ލިޔެކިޔުންތަކާއެކު އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

މި އިޢުލާނާ ގުޅިގެން އިތުރު މަޢޫލޫމާތު ސާފުކުރުއްވުމަށް ރަސްމީ ދުވަހު 09:00 - 13:00 ދެމެދު 7591140 ފޯނަށް ގުޅުއްވުން އެދެމެވެ.

 

15 މޭ 2021