ދިވެހިރާއްޖެ
ނީލަންކިއުން
ދިވެހި ފުލުހުންގެ ޚިދުމަތުގެ ކ.ތިލަފުށީގައި ބޭނުންކުރަމުން ދިޔަ 42 ވެހިކަލް ނީލަމުގައި ވިއްކާލުމަށް ބޭނުންވެގެން ކުރި މިސަރވިސްގެ ނަމްބަރު 171I2(c)/IUL/2021/08 އިއުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީވެ، ދެންނެވިފައިވާ އިޢުލާން ބާތިލްކޮށް، ކ.ތިލަފުށީގައި ބޭނުންކުރަމުން ދިޔަ 42 ވެހިކަލް ނީލަމުގައި ވިއްކާލުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
1- ނީލަން ކިޔާނީ ހާޒިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަމަށް އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަ ބަހުންނެވެ.
2- ނީލަން ކިއުމަށް ކަނޑައެޅިފައިވަނީ 42 ލޮޓަކަށް ބަހާލެވި ލޮޓުތަކަށް ދެވިފައިވާ އަގުތަކަށްށެވެ.
ވީމާ، ޝައުގުވެރި ވެލައްވާ ފަރާތްތަކުން މި އިޢުލާނާއިއެކުގައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެމަތިން އަމަލުކުރަމުން ގެންދިއުމަށް ދަންނަވަމެވެ.