ދިވެހިރާއްޖެ
ނަންބަރު: IUL 10-NE/10/2021/75
އިޢުލާން
މި އަހަރުގެ މިނިވަންދުވަހުގެ ޕްރޮގްރާމްތަކުގެ ތެރޭގައި 26 ޖުލައި 2021 ވާ ހޯމަ ދުވަހު ހެނދުނު 6:00 ން ދަންވަރު 0:00 ށް ޓީވީން ޓެލެތޯނެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
މިގޮތުން މި ޓެލެތޯންގައި ހިމެނުމަށްޓަކައި މިނިވަންދުވަހާ ގުޅޭގޮތުން 4 މިނިޓްގެ ޘަޤާފީ ތިން ކުޅިވަރު އައިޓަމް ތައްޔާރުކުރުމަށް ބޭނުންވާތީ، މި މަސައްކަތް ކޮށްދެއްވޭނެ ފަރާތްތަކުން 27 ޖޫން 2021 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައި މިދަންނަވާ މަޢުލޫމާތުތައް events@homeaffairs.gov.mv އަށް މެއިލް ކުރައްވައި ރަޖިސްޓަރީ ކުރެއްވުމުން ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް މިކަމާބެހޭ އިތުރު މަޢުލޫމާތު ހިއްސާ ކުރެވޭނެއެވެ.
- އިޢުލާނު ނަންބަރު
- ހުށަހަޅާ ކުންފުނި /އަމިއްލަ ފަރުދެއްނަމަ ނަން
- ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް
- ހުށަހަޅާ ފަރާތް ތަމްސީލު ކުރާނެ ފަރާތުގެ ނަން، މަޤާމް/ އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑު ނަންބަރު
މަސައްކަތުގެ އަގު ހުށަހެޅުމަށް ވަޑައިގަންނަވާނީ 30 ޖޫން 2021 ވާ ބުދަ ދުވަހުގެ 12:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒަށެވެ.
12 ޛުލްޤަޢިދާ 1442
22 ޖޫން 2021