ދިވެހިރާއްޖެ
ނަންބަރ: Q4-SM-IUL-2021-04
އިޢުލާން
ގދ.ގައްދޫ ސިއްޙީމަރުކަޒުގެ ޑްރެސިން ރޫމްގެ ދިޔަދޮވި އަދި ސީލިން މަރާމާތުކުރުމުގެ މަސައްކަތް އަދި މަރުކަޒުގެ ބޭނުންކުރަމުންދާ ކަބަޑުތައް މަރާމާތުކުރުމުގެ މަސައްކައް ކޮށްދޭނެ ފަރާތެއް ހޯދުން
ގދ.ގައްދޫ ޞިއްޙީމަރުކަޒުގެ ޑްރެސިންރޫމްގެ ސީލިން މަރާމާތުކުރުމާއި ދިޔަދޮވި މަރާމާތުކޮށް އަދި މަރުކަޒުގެ ސައިކޮޓަރި، ނަރުހުން ޖަގަހައިގެ އަދި ޑްރެސިންރޫމްގެ ކަބަޑު މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް ގދ.ގައްދޫ ސިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ތާރީޙް |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރުން (01 ޖުލައި 2021) ބުރާސްފަތި |
11:00ގައި |
ގދ.ގައްދޫ ސިއްޙީމަރުކަޒު |
އަންދާސީ ހިސާބު ހުށަހެޅުން (05 ޖުލައި 2021) ހޯމަ |
11:00ގައި |
ގދ.ގައްދޫ ސިއްޙީމަރުކަޒު |
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މައުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ. މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށައަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން އިނގޭނެ ލިޔުމަކާއިއެކު ބަދަލުގައި ފޮނުއްވާ މީހާގެ އައިޑީކާޑު ކޮޕީ ހުށައަޅަންވާނެއެވެ. މިފަދަލިއުމެއްނެތި ހުށައެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ހަމައެއާއެކު އަންދާސީ ހިސާބު ހުށައަޅުއްވާއިރު ވިޔަފާރީގެ އެންމެހާ ލިޔުންތަކެއް ބިޑް ޑޮކިއުންޓާއެކު ހުށައަޅަންވާނެއެވެ.
ވީމާ، މިކަމަށް އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
18 ޒުލްޤައިދާ 1442
28 ޖޫން 2021
ފާޠިމަތު މޫސާ
ސީނިއަރ އެޑްމިނިސްޓްރޭޓަރ، ހެލްތް ސާރވިސް