ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)10-C/10/2021/93
ޕަބްލިޝްކުރި ތާރީޚް: 12 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 14:38
ސުންގަޑި: 28 ޖުލައި 2021 13:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮފިސަރ

 

  (IUL)10-C/10/2021/93 :ނަންބަރު

އިޢުލާނު

 

މަޤާމު:

ހިއުމަން ރިސޯސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-309972

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް.2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ހޯމްއެފެއާޒް / ހިއުމަން ރިސޯސް ސެކްޝަން / ކ.މާލެ

މުސާރަ:

މަހަކު 6,295.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ޓެކްނިކަލް ކޯ އެލަވަންސް: ހިއުމަން ރިސޯސް މެނޭޖްމަންޓް ދާއިރާއިން މޯލްޑިވްސް ނެޝަނަލް ފްރޭމްވަރކްގެ ލެވެލް 7 (ހަތެއް) އިން ފެށިގެން މަތީ ސަނަދެއް އޮތް ނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %28 (އަށާވީސް އިންސައްތަ) ހަމަޖެހޭނެއެވެ.
  2. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކޮންމެ މަހަކު މުސާރަ ނިންމަންޖެހޭ ތާރީޚުގެ ކުރިން މިނިސްޓްރީ، އަތޮޅު ސްޓޭޓްހައުސް، ޑިޕާޓްމަންޓު އޮފް ޖުވެނައިލް ޖަސްޓިސް، އަދި ނޭޝަނަލް ރީ-އިންޓަރގްރޭޝަން ސެންޓަރުގެ މުވައްޒަފުންގެ ޕެންޝަނާއި މުސާރައާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކޮށް ނިންމުން.
  2. އަތޮޅު ސްޓޭޓްހައުސް އަދި ނޭޝަނަލް ރީ-އިންޓަރގްރޭޝަން ސެންޓަރު ރަޖިސްޓްރީގައިވާ ހުސްވެފައިވާ މަޤާމުތަކަށް މީހުން ހޯދުމަށް ސިވިލް ސަރވިސްގެ ޤަވާއިދާއި އުޞޫލާއެއްގޮތަށް އިޢުލާން ތައްޔާރު ކުރުމަށްފަހު ގެޒެޓުގައި ޝާޢިއުކުރުން.
  3. އަތޮޅު ސްޓޭޓް ހައުސްތައް (ހއ. އިން ގދ. އަތޮޅު އަށް) އަދި ނޭޝަނަލް ރީ-އިންޓަރގްރޭޝަން ސެންޓަރުގެ މަޤާމުތަކަށް މުވައްޒަފުން ލެއްވުމާއި ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި، ވަކިވާން އެދޭ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ އެންމެހާ މައްސައްކަތް ކުރުން.
  4. އަތޮޅު ސްޓޭޓްހައުސް އަދި ނޭޝަނަލް ރީ-އިންޓަރގްރޭޝަން ސެންޓަރުގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމުން، ވަޒީފާއަށް އެދި އެޗް.އާރު މެއިލަށް ފޮނުވާ ވަޒީފާގެ އެޕްލިކޭޝަން ފޯމުތައް ލިބިފައިވޭތޯ ގަވާއިދުން ޗެކްކޮށް، އަދި ފޯމު ލިބިފައިވާނަމަ، މެއިލް މެދުވެރިކޮށް އެ ފަރާތްތަކަށް އެކަން އެންގުން.
  5. އަތޮޅު ސްޓޭޓްހައުސް އަދި ނޭޝަނަލް ރީ-އިންޓަރގްރޭޝަން ސެންޓަރުގެ ވަޒީފާއަށް އެދިފައިވާ ފަރާތްތައް ސްކްރީން ކުރުމަށްފަހު، ޝަރުތު ހަމަނުވާ ފަރާތްތަކަށާއި އަދި، އިންޓަރވިއު ޕްރޮސެސް ނިމުމުން، ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުން ތައްޔާރުކޮށް ފޮނުވުން.
  6. އަތޮޅު ސްޓޭޓްހައުސް އަދި ނޭޝަނަލް ރީ-އިންޓަރގްރޭޝަން ސެންޓަރުގެ ވަޒީފާއަށް ލައްވާ / ބަދަލުކުރާ މުވައްޒަފުންގެ (ސިވިލް ސަރވިސް އަށް އަލަށް ވަންނަ މުވައްޒަފުންގެ) މަޢޫލޫމާތު ފޯމާއި ވަޒީފާ ބަޔާނާއި ވަޒީފާގެ އެއްބަސްވުން ތައްޔާރުކޮށް ވަޒީފާއަށް ނުކުންނަ ދުވަހު މުވައްޒަފާ ހަވާލުކުރުން.
  7. އަތޮޅު ސްޓޭޓްހައުސް އަދި ނޭޝަނަލް ރީ-އިންޓަރގްރޭޝަން ސެންޓަރުގެ ވަޒީފާއަށް އަލަށް ވައްދާ މުވައްޒަފުންގެ ވަޒީފާގެ ޕްރޮބޭޝަންގައި މުވައްޒަފުގެ ގާބިލްކަން އަންގާ ލިޔުން ތައްޔާރުކޮށް ސުޕަވައިޒަރާ ހަވާލުކޮށް، އުސޫލުގައިވާ ގޮތުގެ މަތިން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ސުޕަވައިޒަރ ފުރިހަމަކުރަންޖެހޭ ބައި ފުރިހަމަކޮށް ޔުނިޓާ ހަވާލުކުރިތޯ ކަށަވަރުކޮށް، އުސޫލުގައިވާ ގޮތުގެ މަތިން ފޯމުގެ ކޮޕީއެއް މުވައްޒަފާ ހަވާލުކުރުން.
  8. އަތޮޅު ސްޓޭޓްހައުސް އަދި ނޭޝަނަލް ރީ-އިންޓަރގްރޭޝަން ސެންޓަރުގެ ވަޒީފާގެ އޮނިގަނޑަށް އަންނަ ބަދަލާއި ގުޅިގެން ނުވަތަ މުވައްޒަފުގެ މަސައްކަތްތަކަށް އަންނަ ބަދަލާ ގުޅިގެން ވަޒީފާ ބަޔާނަށް ބަދަލެއް އަންނަ ނަމަ، ވަޒީފާ ބަޔާން ތައްޔާރު ކުރުމާއި، އަދި  ވަޒީފާގެ އެއްބަސްވުން ބަދަލު ކުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ ވަޒީފާގެ އެއްބަސްވުން ވެސް ތައްޔާރުކޮށް މުވައްޒަފާ ހަވާލުކުރުން.
  9. އަތޮޅު ސްޓޭޓްހައުސް އަދި ނޭޝަނަލް ރީ-އިންޓަރގްރޭޝަން ސެންޓަރުގެ މުވައްޒަފުންގެ ދާއިމީ އަދި ވަގުތީ ރަޖިސްޓްރީ އަދާހަމަކޮށް ބެލެހެއްޓުން.
  10. ނޭޝަނަލް ރީ-އިންޓަރގްރޭޝަން ސެންޓަރާއި އަތޮޅު ސްޓޭޓްހައުސްގެ ވަޒީފާއަށް ލައްވާ މުވައްޒަފުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ފޯމު ފުރިހަމަކޮށް، އެ މުވައްޒަފުގެ މުސާރަޖަމާކުރާ ބޭންކް އެކައުންޓުގެ މަޢުލޫމާތު ހިމެނޭ ބޭންކް ސްލިޕާއެކު ލިބުމުން، ސެޕުން ސްޓެޓަސް އަޕްޑޭޓް ކުރާ މުވައްޒަފަށް އެ މަޢުލޫމާތު ފޯރުކޮށްދީ، އެޗް.އާރު ސިސްޓަމުން އަދާހަމަކޮށް، އަދި، ޕަރސަނަލް ފައިލުގައި ފައިލު ކުރުމަށް، ކަމާ ގުޅޭ މުވައްޒަފާ ހަވާލު ކުރުން.
  11. އަތޮޅު ސްޓޭޓްހައުސް އަދި ނޭޝަނަލް ރީ-އިންޓަރގްރޭޝަން ސެންޓަރުގެ މުވައްޒަފުންނަށް ލިބެންވާ އެލަވަންސްތަކާއި ޢިނާޔަތްތައް ހަމަޖެއްސުމަށް ޔުނިޓުން ކުރަންޖެހޭ މަސައްކަތް ކުރުމާއި، ވަޒީފާއާއި ބެހޭގޮތުން ޔުނިޓަށް އަންނަ ސިޓީ/ މެމޯ/ ނޯޓް ތަކަށް ޔުނިޓުގެ ވެރިޔަކު އަންގަވާގޮތެއްގެ މަތިން ޖަވާބު ފޮނުވުން.
  12. ޔުނިޓްގެ އެކްޝަން ޕްލޭނާއި ޕްރޮގްރެސް ތައްޔާރުކޮށް ބެލެހެއްޓުން.
  13. މިނިސްޓްރީގެ އަންދާސީ ބަޖެޓް ތައްޔާރުކުރުމަށް ޔުނިޓުން ފޯރުކޮށްދޭންޖެހޭ މަޢުލޫމާތުތައް ކަމާގުޅުންހުރި ސެކްޝަންތަކަށް ފޯރުކޮށްދިނުން.
  14. ޔުނިޓުގައި މުވައްޒަފަކު ނެތް ޙާލަތެއްގައި ޔުނިޓުގެ ވެރިޔަކު އަންގަވާގޮތެއްގެ މަތިން އެމުވައްޒަފެއްގެ މަސައްކަތްކުރުން.
  15. މީގެ އިތުރުން މުޅި މިނިސްޓްރީއަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި އެންމެން ޝާމިލުވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުން.

މަޤާމުގެ ޝަރުޠުތައް:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ހިއުމަން ރިސޯސް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  2. ބިޒްނަސް މެނޭޖްމަންޓް
  3. ހިޔުމަން ރިސޯސް މެނޭޖްމަންޓް
  4. ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

ޕްރިފަރޑް ޑިސިޕްލިންތައް:

ނެތް

މަޤާމުގެ ކޯ ޑިސިޕްލިންތައް:

  1. ހިޔުމަން ރިސޯސް މެނޭޖްމަންޓް
  • ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެފަރާތަކަށް ކްރައިޓީރިއާގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ.

 

މަޤާމުގެ މަސައްކަތު ދާއިރާތައް:

  1. ހިއުމަން ރިސޯސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.homeaffairs.gov.mv ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/download/2486
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 ޖުލައި 2021 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްއެފެއާޒު އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް hr@homeaffairs.gov.mv މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިހާނު އޮންނާނީ، 2021 އޮގަސްޓް 01 އާއި 12 އާ ދެމެދު، މިނިސްޓްރި އޮފް ހޯމްއެފެއާޒު ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3031541 ނުވަތަ 3031544 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ hr@homeaffairs.gov.mv އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

02 ޛުލްޙިއްޖާ 1442

12 ޖުލައި 2021