ދިވެހިރާއްޖެ
ޤާނޫނު ނަންބަރު : 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 211 ވަނަ މާއްދާގެ (ހ) ގެ 03 ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން ހަދާފައިވާ ނަންބަރު : 2021-SC-REG-01 ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދަށް ވަނީ، 15 ޖޫން 2021 ގައި ޢަމަލު ކުރަން ފަށާފައެވެ.
ވީމާ، އެ ޤަވާއިދުގައިވާ ގޮތުގެ މަތިން، ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި އއ. ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކަށް ޙާޟިރު ކުރަންޖެހޭ މީހުން ޙާޟިރު ކުރަންޖެހޭ ވަގުތަކީ ކޮންމެ ހުކުރު ދުވަހަކާއި، ޢީދު ދުވަސް ފިޔަވާ، ކޮންމެ ދުވަހެއްގެ 13:00 އިން 14:00 އަށެވެ. އަދި ހުކުރު ދުވަހާއި، ޢީދު ދުވަހަށް މުއްދަތު ހަމަވާ ފަރާތްތަކުގެ މުއްދަތު މަޖިލިސް އޮންނާނީ އޭގެ ކުރީ ދުވަހުގެ 13:00 އިން 14:00 އަށް ކަމުގައި ވެސް ކަނޑައަޅައިފީމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.