މަސައްކަތް
ނަންބަރު: (IUL)401-E/401/2021/280
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 12 އޮގަސްޓް 2021 13:30
ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތަކާއި އިޖުތިމާޢީ ސަރަޙައްދުތައް ސާފުކޮށްބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

ތާރީޚް:

15 ޖުލައި 2021

ނަންބަރު:

(IUL)401-E/401/2021/280

05 ޛުލްޙިއްޖާ 1442

އިޢުލާންގެ ވަނަ:

01

މަގުތަކާއި އިޖުތިމާޢީ ސަރަޙައްދުތައް ސާފުކޮށްބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 

ލ. ފޮނަދޫ ބައެއް މަގުތަކާއި އިޖުތިމާޢީ ސަރަހައްދުތައް 02 އަހަރުދުވަހުގެ މުއްދަތަށް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް/ފަރާތްތަކެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ސައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ސާފުކޮށް ބަލަހައްޓަން ޖެހޭ ސަރަހައްދުތަކުގެ މަޢުލޫމާތު

ސަރަހައްދު

ބޮޑުމިން (އަކަފޫޓް)

ހުށަހެޅޭނެ އެންމެ މަތީ އަގު (މަހަކަށް)

ސިރާޖުއްދީންމަގު ދެކުނުކޮޅު - ހައުސިން ޔުނިޓްތަކުގެ ދެކުނު

40,860

1،500.00ރ

ކަތިމަގު

48,750

2،000.00ރ

ސިރާޖުއްދީންމަގު އުތުރުކޮޅު - ހައުސިން ޔުނިޓްތަކުގެ އުތުރު

140,000

2،500.00ރ

ތަށަވަތްމަގު – (ސިރާޖުއްދީންމަގާއި ބޮޑުތަކުރުފާނުމަގާއި ދެމެދު)

22,140

850.00ރ

ކުރިގަމު ކުޅޭބިން ބޯޅަދަނޑާއެކު

185,386

4,000.00ރ

މެދުއަވަށު ބޯޅަދަނޑު

101,838

2،000.00ރ

މެދުއަވަށު ކުޅޭބިން

149,848

2،500.00ރ

ބަރާސިލް ކުޅޭބިން ބޯޅަދަނޑާއެކު

292,368

4،000.00ރ

ފުޓްސަލް ދަނޑު (ޓާފް ދަނޑު ހިމެނޭ ސަރަހައްދު)

13,516

1،000.00ރ

ފުޓްސަލް ދަނޑު (މެޓް ދަނޑު ހިމެނޭ ސަރަހައްދު)

7,296

1،000.00ރ

ކުޅޭބިން - ކުރިގަމު އަލަށް އާބާދުވި ސަރަހައްދު

42,544

2،000.00ރ

މެދުއަވަށު ގަބުރުސްތާން

19,320

2،000.00ރ

ދޫލައެޅިމަގު – (ސިރާޖުއްދީންމަގާއި ބޮޑުތަކުރުފާނުމަގާއި ދެމެދު)

16،250

1،500.00ރ

 

ބީލަމުގައި ރަޖިސްޓްރީވުން

  • މި މަސައްކަތަށް ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
  • ރަޖިސްޓްރީ ވުމަށްޓަކައި 'ބީލަމުގައި ރަޖިސްޓްރީވާ ފޯމް' ފުރިހަމަ ކުރުމަށްފަހު މިކައުންސިލަށް ހުށަހަޅާ ބިޑު ޑޮކިއުމެންޓް ގަތުމަށް ފައިސާ ދެއްކުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ. ބިޑު ޑޮކިއުމެންޓް އަގަކީ ބިމަކަށް -/150ރ އެވެ.
  • ބީލަމުގައި ރަޖިސްޓްރީވާ ފޯމް ބަލައިގަތުމާއި ބިޑު ޑޮކިއުމެންޓަށް ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ  15 ޖުލައި 2021 (ބުރާސްފަތި) ދުވަހުން ފެށިގެން އިން 10 އޯގަސްޓް 2021 (އަންގާރަ) ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 12:00 އަށް ފޮނަދޫ ކައުންސިލްގެ އިދާރާއަށެވެ.
  • މި މުއްދަތުގެ ތެރޭގައި އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށްފަހު ބޭންކު އެކައުންޓަށް ފައިސާ ޖަމާކުރާ ފަރާތްތައްވެސް ބީލަމުގައި ރަޖިސްޓްރީކޮށްދެވޭނެއެވެ. 

މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން

  • މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
  • މަސައްކަތާބެހޭގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުން www.fonadhoo.gov.mv އިން ލިބެން ހުންނާނެއެވެ.
  • އިތުރަށް މަޢުލޫމާތު laamufonadhoocouncil@gmail.com އަށް މެއިލް ކުރުމުން ފޯރުކޮށްދެވޭނެއެވެ.

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

  • ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 12 އޯގަސްޓް 2021 (ބުރާސްފަތި) ދުވަހުގެ 13:30 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
  • ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ. އަދި ސިޓީ އުރައިގެ ބޭރުގައި އިޢުލާނު ނަންބަރު ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ،
  • ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 12 އޯގަސްޓް 2021 (ބުރާސްފަތި) ދުވަހުގެ 13:30 ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.

 

 

 

 

15 ޖުލައި 2021