ޢާންމު މަޢުލޫމާތު
ނަންބަރު: M8C-B1/2021/4
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 13:32
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުށުގެ ތުހުމަތުގައި ބަންދުކޮށްފައި ހުންނަ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ދ.ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކަށް ހާޒިރު ކުރަންޖެހޭ ވަގުތު ކަނޑައަޅައި އާއްމުކުރުން
ޤަވާއިދު ނަންބަރު: 2021-SC-REG-01 "ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ޤަވާއިދު" ގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކުށުގެ ތުހުމުގަތުގައި ބަންދުކޮށްފައި ހުންނަ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ދ.ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކަށް ހާޟިރު ކުރަންޖެހޭ ވަގުތުތަކަކީ ތިރީގައި ދަންނަވާފައިވާ ވަގުތުތައް ކަމުގައި ކަނޑައަޅައިފީމެވެ.
1. ރަސްމީ ދުވަސްތަކުގައި: 10:00 އިން 13:00 އަށް.
2. ބަންދު ދުވަސްތަކުގައި: 14:00 އިން 15:00 އަށް އަދި 20:30 އިން 21:30 އަށް.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
04 އޮގަސްޓް 2021