ކުއްޔަށް ހިފުން
ނަންބަރު: 60-ADM/2021/174
ޕަބްލިޝްކުރި ތާރީޚް: 05 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 11:43
ސުންގަޑި:
08 އޮގަސްޓް 2021 14:00
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކ.މާލެއިން 02 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް 02 (ދޭއް) ކޮޓަރި ކުއްޔަށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
ޝަރުތުތައް:
- ފަރުނީޗަރާއި، ހިފާ ގެންގުޅޭ ތަކެތި ހިމެނޭހެން ކައްކާ ކެވޭ ގޮތަށް ހުރުން.
- ކުނި އުކާލުމުގެ އިންތިޒާމް ހަމަޖެހިފައިވުން.
- ކޮޓަރިތެރޭގައި ފާހަނާ ހުރުން.
- ދިރިއުޅެން ކަމުދާނެފަދަ ސާފުތާހިރު ތަނެއް ކަމުގައިވުން.
- ކުލި ދެފަރާތުން އެއްބަސްވާ އަގަކަށް އެއްބަސްވެވޭނެ ތަނެއް ކަމުގައިވުން.
- ތަން ކުއްޔަށް ނަގަން ބޭނުންވާ ތާރީޚް: 10 އޮގަސްޓް 2021 އިން ފެށިގެން 02 (ދޭއް) އަހަރު ދުވަހަސް.
މަޤްސަދު:
- އެސްޓީއޯ ސްޓާފުންގެ އެކޮމޮޑޭޝަން ހަމަޖެއްސުން.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 08 އޮގަސްޓް 2021 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އަގު ކަރުދާސް އަދި، ތަނުގެ ފޮޓޯ މިކުންފުނީގެ އީމެއިލް info@sto.mv ،mariyam.shaya@sto.mv އަށް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ މިކުންފުނީގެ ނަންބަރ: 9744252 އަށް ގުޅުވުން އެދެމެވެ.
ހުށަހެޅިފައިވާ އަގުތަކާއި، ފޮޓޯތަކަށް ބެލުމަށްފަހު އެސްޓީއޯއިން ހިޔާރު ކުރާފަރާތަކާއިއެކު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، އެއްބަސްވުމަށް އަމަލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
05 އޮގަސްޓް 2021