ދިވެހިރާއްޖެ
ނަންބަރު: 09 / 2021 / GS11
އިޢުލާނު
މަޤާމް: |
އެޑްމިނިސްޓްރޭޓަރ |
||||
މަޤާމްގެ ނަންބަރ: |
J-277371 |
||||
ބޭނުންވާ ޢަދަދު: |
01 ( އެކެއް ) |
||||
މަޤާމުގެ ގިންތި: |
ދާއިމީ |
||||
މަޤާމުގެ ރޭންކް: |
އެމް. އެސް 3 |
||||
މަޤާމުގެ ކްލެސިފިކޭޝަން: |
އެސިސްޓެންޓް ޑިރެކްޓަރ |
||||
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ފ.އަތޮޅު މަދަރުސާ / ފ.ފީއަލި |
||||
މުސާރަ: |
7035.00 ރުފިޔާ |
||||
ސަރވިސް އެލަވަންސް: |
2000.00 ރުފިޔާ |
||||
އެހެނިހެން އެލަވަންސް: |
01. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. 02. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 03. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 04. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 900.00 ރުފިޔާ |
||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ފައިސާއާއިބެހޭ ސެކްޝަނުގެ މަސައްކަތްތައް ސްޕަވައިޒްކޮށް ބެލެހެއްޓުން. 2- އެޑްމިން، އެޗް.އާރު ސެކްޝަނުގެ މަސައްކަތު ޕްލޭންއެއް އެކުލަވައި އެކަން ތަންފީޒްކޮށް ސްޕަވައިޒްކޮށް ބެލެހެއްޓުން. 3- ނޮންޓީޗިންގ ސްޓާފުންގެ މަސައްކަތްތައް ސްޕަވައިޒްކޮށް ބެލެހެއްޓުން. 4- ސްކޫލްގައި ރާވާ ހިންގާ ޚާއްޞަ ކަންތައްތަކުގައި ޕްރިންސިޕަލް އަންގާ ގޮތުގެ މަތިން މުވައްޒަފުންލައްވާ ކުރުވާ ބެލެއްޓުން. 5- ބިދޭސީ ޓީޗަރުންގެ ވިސާގެ މަސައްކަތް ބެލެހެއްޓުމުގެ ކަންކަން ސްޕަވައިޒްކުރުން. 6- ސްކޫލްގެ އިމާރާތްތަކާއި ހަރުމުދަލުގެ އިންވެންޓްރީ ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުން. 7- ސްކޫލްގެ ޢިމާރާތްތަކާއި ހަރުމުދަލަށް ލިބޭ ގެއްލުންތައް މަރާމާތު ކުރެވޭނެ އިންތިޒާމް ހަމަޖައްސައި އެކަންކަން ބެލެހެއްޓުން. 8- ޕޭރެންޓް ޓީޗަރސް އެސޯސިއޭޝަން (÷ޕީ.ޓީ.އޭ)ގެ ފައިސާގެ ކަންތައްތައް (÷ޕީ.ޓީ.އޭގެ ކޯޑިނޭޓަރ އަދި ޕީ.ޓީއޭ އާ މަޝްވަރާކޮށްގެން ) މާލިއްޔަތުގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން ކުރިއަށްދޭތޯ ބައްލަވައި، އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން. 9- ޕްރިންސިޕަލްގެ ލަފާގެމަތިން، ޕީ.ޓީ.އެޭ އަދި ސްކޫލްބޯޑުގެ އިދާރީ އެންމެހާ ކަންކަން ބެލެހެއްޓުން. 10- ސްކޫލަށް ވަންނަ ކުދިންނާއި ވަކިވާކުދިންގެ ރަޖިސްޓްރީ ބެލެހެއްޓުމާއި، މީމިސްއިން ދަރިވަރުންނާ މުވައްޒަފުންގެ މަޢުލޫމާތު އަދާހަމަކޮށް ބެލެހެއްޓުމުގެ ކަންކަން ސްޕަވައިޒްކުރުން. 11- ދިވެހި ސިވިލް ސާވިސަސްގެ ކޯޑް އޮފް ކޮންޑަކްޓަށް އިހުތިރާމު ކުރުމާއި އޭގައި ބަޔާންކުރާ ގޮތަށް ޢަމަލުކުރުން އަދި އިދާރީ މުވައްޒަފުން އަމަލުކުރޭތޯ ސުޕަވައިޒްކުރުން. 12- އިދާރީ ހުރިހާ މަސައްކަތެއް ބަލަހައްޓާ މޮނިޓަރކޮށް ހަރުދަނާކުރުން އަދި އަހަރީ ޕްލޭން އެކުލަވާލުން. 13- ސްކޫލުގައި ހިންގާ އިތުރު ހަރަކާތްތަކާއި ޖަލްސާތަކަށް ތަން ތައްޔާރުކުރުމުގައި އެހީތެރިވުމާއި މުވައްޒަފުންލައްވާ އެކަން ކުރުވުން. 14- ސްކޫލްގެ ކިޔަވައިދިނުމަށް ބޭނުންވާ ކުލާސްރޫމާއި ލެބްފަދަ ތަންތަން ހުރީ ފުރިހަމައަށް ތައްޔާރުވެފައިތޯ ބަލާ ގަވައިދުން ޗެކް ކުރުން. 15- ސްކޫލް ގޯތިތެރެއާއި މަގާއި އިމާރާތްތައް މަސައްކަތު މުވައްޒަފުން ލައްވާ ސާފުކުރުވުން. 16- ބޯފެނާއި ފާޚާނާގެ ނިޒާމު ބަލާ ޗެކްކުރުން. 17- އިދާރީ ހިންގުމާއި ގުޅިގެން ކުރަންޖެހޭ ލިޔެކިޔުމުގެ މަސައްކަތް ސެކްޝަންގެ މުވައްޒަފުންގެ މައްޗަށް ބަހާލައިގެން ކުރުވާ ބެލެހެއްޓުން. 18- މުވައްޒަފުން ލެއްވުމާއި، ވަކިކުރުމާއި ބެހޭ ގޮތުން ލިޔެ ބަލަހައްޓަންޖެހޭ އެންމެހައި ލިޔެކިޔުން ސެކްޝަންގެ މުވައްޒަފުންގެ މައްޗަށް ބަހާލައިގެން ލިޔެ ބެލެހެއްޓުން. 19- ސްޓޮކަށް ލިބޭ ތަކެއްޗާއި ހޯދަންޖެހޭ ތަކެތި ހޯދުމުގެ އެންމެހައި ކަންތައްތައް މުވައްޒަފުންނާ ޙަވާލުކުރައްވައިގެން ފައިސާއާއި ބެހޭ ސެކްޝަންގެ މަޝްވަރާގެ މަތިން ހޯދާ ބެލެހެއްޓުން. 20- ޕަބުލިކް ރިލޭޝަންސާއި ގުޅޭ ކަންކަން ހަރުދަނާ ގޮތެއްގައި ކުރިޔަށް ގެންދިޔުމާއި، ސްކޫލުން ރާވާ އިންތިޒާމުކުރާ އެކިއެކި ބައްދަލުވުންތަކާއި، މުބާރާތްތަކާއި، މުނާސަބަތުތައް އިންތިޒާމުކޮށް ކުރިޔަށް ގެންދިޔުމުގައި މުވައްޒަފުންގެ އެއްބާރުލުން ހޯދައި ކުރުވުމާއި، އެއްބާރުލުން ދިނުން. 21- ސުންގަޑިއަށް ނިންމަންޖެހޭ އެއްމެހާ ރިޕޯޓްތަކާއި، ލިޔެކިޔުންތައް ނިންމާ ފޮނުވާކަން ކަށްވަރުކުރުން. 22- ސްކޫލުގެ އެއްމެހާ ވަސީލަތްތަކުގެ ހާލަތު ބެލުމާއި، ވަގުތުން ހައްލުކުރެވޭނެ ކަންކަން ހައްލުކޮށް، މިނިސްޓްރީއަށް ފޮނުވައިގެން ކުރަންޖެހޭކަންކަން ލަސްނޮކޮށް، ޑޮކިއުމެންޓްހަމަކޮށް ފޮނުވައިގެން ހިދުމަތް ފުރިހަމަ ކުރެވުނުތޯ ޔަޤީންކުރުން 23- ޙަވާލުކުރެވޭ މަސައްކަތްތައް ފަރުވާތެރިކަމާއެކު އަވަހަށް ނިންމުމަށް ސަމާލުކަން ދިނުމާއި، މުވައްޒަފުންނާ ޙަވާލުކުރެވޭ މަސައްކަތްތައް ނިމުނުކަން ކަށަވަރުކުރުން. 24- އޮފީހުގެ އެހެން މުއައްޒަފުންނާ ގުޅިގެން އޮފީސް ހިންގުމާބެހޭ ހުރިހާކަމެއް ހިންގުމާއި އޮފީހުގެ އެންމެހާ ކަންތައްތައް ހިނގާނުހިގާގޮތް ބެލުން. |
||||
މަޤާމުގެ ޝަރުތުތައް: |
މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
ތަޢުލީމީ ރޮނގުތައް:
ގުޅޭ ވަޒީފާގެ ދާއިރާތައް:
1- އެޑްމިނިސްޓްރޭޝަން 2- މެނޭޖްމެންޓް
ނޯޓް: ކޯ ޑިސިޕްލިން ނުވަތަ ޕްރިފައިޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށައަޅާފައިވާ ނަމަ، އެ ފަރާތަކަށް ކްރައިޓީރިއާގައިވާ ކޯ/ޕްރައިފައިޑް ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު ދެވޭނެއެވެ
|
ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިޔު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 6- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 އޮގަސްޓް 23 ވަނަ ދުވަހުގެ 12:00 ގެ ކުރިން، ފ.އަތޮޅު މަދަރުސާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް admin@fatollschool.edu.mv މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ނޯޓް: އެޕްލިކޭޝަން ފޯމް މެއިލް މެދުވެރިކޮށް ހުށަހަޅާނަމަ ހުރިހާ ޑޮކިއުމެންޓެއް އެއްފައިލްއެއްގެ ގޮތުގައި ޕީޑީއެފް ކުރުމަށްފަހު އީމެއިލްކުރެއްވުން އެދެމެވެ. |
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2021 އޮގަސްޓް 24 ން 26 އާ ދެމެދު، ފ.އަތޮޅު މަދަރުސާގައެވެ. މިމަޤާމަށް ކުރިމަތިލާ ފަރާތްތަކަށް އިމްތިޙާން/ ޕްރެކްޓިކަލް ދެވޭނެއެވެ. |
ޝޯޓްލިސްޓް ކުރުން |
މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7952910 ނަންބަރ އަށެވެ. އީ-މެއިލް ކުރާނީ admin@fatollschool.edu.mv އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |
03 މުޙައްރަމް 1443
11 އޮގަސްޓް 2021