ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ
ނަންބަރު: IUL 10-F/10/2021/101
އިޢުލާން
ޖަލު ކޮމްޕްލެކްސް ކޮންސެޕްޓް ޕްލޭން ތައްޔާރު ކުރުން
މި މިނިސްޓްރީންދޭ މަޢުލޫމާތާއި އެއްގޮތަށް ޖަލު ކޮންޕްލެކްސް އެއްގެ ކޮންސެޕްޓް ޕްލޭނެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި 8 ޖުލައި 2021 ވަނަ ދުވަހު ކުރި ނަންބަރު (IUL)10-F/10/2021/83 އިޢުލާނުގައި ފާހަގަކޮށްފައިވާ ޕްލޭނަށް އިތުރު ބަދަލުތަކެއް އައިސްފައިވާތީ އެ އިޢުލާން ބާޠިލްކޮށްފީމެވެ.
ވީމާ، މި މިނިސްޓްރީންދޭ މަޢުލޫމާތާއި އެއްގޮތަށް ޖަލު ކޮންޕްލެކްސް އެއްގެ ކޮންސެޕްޓް ޕްލޭނެއް ތައްޔާރުކޮށްދޭނެ ފަރާތެއް އަލުން ހޯދުމަށް ބޭނުންވާތީ، މިބީލަމުގައި ބައިވެރިވެއްލައްވަން ބޭނުންވާ ފަރާތްތަކުން 24 އޮގަސްޓް 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ މަޢުލޫމާތުތައް procurement@homeaffairs.gov.mv އަށް މެއިލް ކުރައްވައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރެއްވުން އެދެމެވެ.
- ބީލަމުގެ ނަން/ އިޢުލާނު ނަންބަރު
- ބީލަން ހުށަހަޅާ ކުންފުނި /އަމިއްލަ ފަރުދެއްނަމަ ނަން
- ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް
- ބީލަން ހުށަހަޅާ ފަރާތް ތަމްސީލު ކުރާނެ ފަރާތުގެ ނަން، މަޤާމް/ އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑު ނަންބަރު
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީކުރާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތާއި ކުރެހުންތައް 25 އޮގަސްޓް 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތުން ދީފައިވާ އީމެއިލް އެޑްރެހަށް އީމެއިލް ކުރެވޭނެއެވެ. ބީލަން ހުށަހެޅުމާއި/ ހުޅުވުން އޮންނާނީ 5 ސެޕްޓެންބަރު 2021 ވާ އާދީއްތަ ދުވަހުގެ 12:00 ގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ވެލާނާގެ 10 ވަނަ ފަންގިފިލާ ގައެވެ.