ވަޒީފާގެ ފުރުޞަތު
ނަންބަރު: GS111/IUL/2021/14
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 10:32
ސުންގަޑި: 25 އޮގަސްޓް 2021 10:00
ހެނބަދޫ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ ( ވޭޖް )

މިސްކޫލްގެ ތިރީގައިވާ މަޤާމަށް ވަޒީފާއަށް އެދުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

    

 މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް ނަމްބަރ

J-289511

ބޭނުންވާ ޢަދަދު

1

މަޤާމުގެ ގިންތި:

ވަގުތީ (ވޭޖް އުސޫލުގެ ދަށުން) މެޓާނިޓީ ލީވް ނެގުމާއި ގުޅިގެން ބަދަލުގައި ނެގޭ ވަގުތީ މުވައްޒަފު

މުއްދަތު

6 މަސް

މަޤާމުގެ ރޭންކް

ޖީ. އެސް 3

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގުރޭޑް - 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހެނބަދޫ ސްކޫލް / ނ.ހެނބަދޫ

މުސާރަ:

5965 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކޮންމެ މަހެއްގެ މުސާރަ ޝީޓް ނިންމާ ފޮނުވަންޖެހޭ މުއްދަތުގައި އަތޮޅު ބަޖެޓް ފޯކަލް ޑެސްކަށް ފޮނުވާ ލިބުންތޯ ޔަގީން ކުރުން.
  2. ކޮންމެ މަހެއްގެ މުސާރަ މުވައްޒަފުންގެ އެކައުންޓަށް ޖަމާކުރުމުން ލަސްވެގެން 3 ދުވަހުގެ ތެރޭގައި ހުރިހާ މުވައްޒަފުންނަށް އެފަރާތްތަކުގެ މުސާރަ ސްލިޕް މެއިލް ކުރުން.
  3. ކްރެޑިޓް ސްކީމްތަކުގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ޕޭމަންޓްތައް ޖަމާކުރުމުން އެ ސްލިޕްތައް އެފަރާތްތަކަށް މެއިލްކޮށް ލިބުނުތޯ ޔަގީންކުރުން.
  4. މުވައްޒަފުންނާއި ގުޅުން ހުރި މަޢުލޫމާތުތައް ލިޔެ ( ފުރަންޖެހޭ ފޯމްތައް:- ސަލާމާއި ޗުއްޓީ، ހާޒިރީ ރިޕޯރޓް، މީމިސް ) ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން އަދި މުވައްޒަފުންގެ ވަޒީފާއާ ގުޅުންހުރި ލިޔެކިޔުންތައް ފުރިހަމަކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  5. ހިއުމަން ރިސޯސް އާއި ގުޅިގެން ސްކޫލަށް އަންނަ ލިޔެކިޔުންތައް ފައިލްކުރުމާއި، ސްކޫލުން ފޮނުވާ ލިޔުންތައް ފައިލްކޮށް ފައިލިން ސިސްޓަމް ގަވާއިދުން ބެލެހެއްޓުމާއި، ހޯދަންޖެހޭ ލިޔެކިޔުންތައް ބޭނުންވެއްޖެ ހާލަތެއްގައި ބޭނުންވާ ފަރާތްތަކަށް ވެރިއެއްގެ ހުއްދައާއެކު ފޮޓޯކޮޕީ ނަގާ ހަވާލުކުރުން.
  6. މުވައްޒަފުންނާއި ދަރިވަރުންގެ ކިޔެވުމާއި އެހެނިހެން ހަރަކާތްތަކުގެ ތެރެއިންވެސް ސްކޫލްގެ އެއްވެސް ސިއްރެއް ހާމަނުކުރުމާއި ސްކޫލްގެ ކަރާމާތް ރައްކާތެރިކުރުމަށް މަސައްކަތްކުރުން.
  7. ޖަލްސާތަކަށާއި އެކިއެކި މުނާސަބަތުތަކަށް ތައްޔާރުވުން އަދި ސްކޫލްގައި އިތުރު ހަރަކާތްތައް ހިންގާ އިރުގައްޔާއި، ކުއްލިއަކަށް ދިމާވާ ކަންކަމުގައި އެހީތެރިވުމަށް އެދިއްޖެނަމަ އެކަންކަމުގައި ފުރިހަމައަށް އެހީތެރިވުން.
  8. ސްކޫލަށް އަންނަ ފޯން ކޯލްތަކަށް ޖަވާބުދާރީވުމާއި ރަނގަޅު މަޢުލޫމާތު ދިނުން.
  9. ސްކޫލްގެ ހިންގުން ރަނގަޅުކޮށް ހަލުވިކުރުމަށް އެމުވައްޒަފެއްގެ ހައިސިއްޔަތުން ކުރެވެން އޮތް ހުރިހާ ކަމެއް ކޮށް ސްކޫލްގެ ވެރިންނާއި އެކުގައި މަސައްކަތްކުރާ މުވައްޒިފުންނާއި ގުޅިގެން އެކުވެރިކަމާއެކު މަސައްކަތްކުރުން.
  10. ސްކޫލް މާހައުލުގައި ހުންނަ ލިޔެކިޔުމާއި ގުޅޭ އެހެނިހެން ކަންތައްތަކާއި މަތީގައި ބަޔާންކުރާ ކަންކަމުގެ އިތުރުން ޢާއްމުކޮށް ދިމާނުވާ ކުއްލިގޮތަކަށް ދިމާވާ ކަންކަމާއި އެކި ކަންކަމުގައި ސްކޫލަށް ޒިޔާރަތްކުރައްވާ ޓީމުތަކުގެ ކަންކަން ހަމަޖެއްސުމުގައި އެވަގުތަކު ސްކޫލާއި ހަވާލުވެ ހުންނަވާ އިސްވެރިޔަކަށް ފުރިހަމައަށް އެހީތެރިކަން ދިނުމާއި ވަޒީފާއާބެހޭ ޤާނޫނުތަކާއި ތަޢާރަޒްނުވާ ގޮތެއްގެ މަތިން ޒިންމާދާރުވެރިޔާ އަންގަވާގޮތެއްގެ މަތިން މިފަދަ ކަންމުގައި ފުރިހަމައަށް ބައިވެރިވެ އެހީތެރިވުން.
  11. މުވައްޒަފުންނާއި ގުޅޭ އެންމެހައި މަސައްކަތްތައް ފުރިހަމަކޮށް ބެލެހެއްޓުން އަދި މުވައްޒަފުންގެ ޕާސަނަލް ފައިލަށް ބޭނުންވާ އެންމެހައި ޑޮކިޔުމަންޓްތައް ހަމަކޮށް އަދާހަމަކުރަމުން ގެންދިޔުން.
  12. ވިއުގައިގެ ޑޭޓާ އެންޓްރީގެ އެންމެހާ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުން.
  13. މުވައްޒަފުންގެ އެޕްރައިސަލްގެ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުން.
  14. ހަވާލުކުރެވިފައިވާ އެއްވެސް މަސައްކަތެއް ކަނޑައެޅިފައިވާ ވަގުތައް ނުނިންމޭނަމަ އެކަން އެމަސައްކަތެއް ހަވާލުކުރި ފަރާތަށް އެންގުން.
  15. ސްކޫލްގެ ސްޓޮކް ޤަވާއިދުން ބަލަހައްޓާ ސްޓޮކަށް ބޭނުންވާ ތަކެތި ބަޖެޓާއި ގުޅިގެން ސްކޫލަށް ގެނައުން.
  16. ސްކޫލްގެ ވެރިންގެ ހައިސިއްޔަތުން އަންގާ އެންމެހައި މަސައްކަތްތައް ކުރުމާއި އިދާރީ ބޭފުޅަކު ހާޒިރުނުވާ ދުވަހެއް ނަމަ އެފަރާތުގެ މަސައްކަތުގެ ތެރެއިން ދުވަހުން ދުވަހަށް ނިންމަންޖެހޭ މަސައްކަތްތައް ނިންމުން.

 

މަޤާމުގެ ޝަރުޠުތައް:

ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

  • ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 އޯގަސްޓް 25 ވަނަ ދުވަހުގެ 10:00 ގެ ކުރިން، ހެނބަދޫ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް admin@henbadhooschool.edu.mv މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 26 އޯގަސްޓް 2021 ން 31 އޯގަސްޓް 2021 އާއި ދެމެދު ނ.ހެނބަދޫ ސްކޫލްގައެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560571 އަށެވެ. އީ-މެއިލް ކުރާނީ admin@henbadhooschool.edu.mv އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

18 އޮގަސްޓް 2021