ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު |
ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
މަޤާމުގެ ނަން: |
އޯޑިއޯވީޑިއޯ ޓެކްނީޝަން |
ރޭންކް: |
SS4 |
ކްލެސިފިކޭޝަން |
ސަޕޯޓް ސްޓާފް ގްރޭޑް 4 |
ސެކްޝަން/ޑިޕާޓްމަންޓް: |
އައި.ސީ.ޓީ |
ބޭނުންވާ ޢަދަދު: |
2 |
ތަޢުލީމާއި ތަޖްރިބާ: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
އޯޑިއޯ ވީޑިއޯއާގުޅޭ ޓެކްނިކަލް މަސައްކަތްތައް ކުރުން |
އުޖޫރަ: |
- މަހަކު -/7000 ރުފިޔާ |
އެލަވަންސް/ޢިނާޔަތްތައް: |
- ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ - ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/3500 ރުފިޔާ - އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ |
ފޯމް ފޮނުވަންވީ ތާރީޚް: 24 އޮގަސްޓް 2021 އިން 2 ސެޕްޓެންބަރު 2021 ށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ނުވަތަ 2 ސެޕްޓެންބަރު 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން admin@majlis.gov.mv އަށް. (އީމެއިލް ކުރައްވާނަމަ އީމެއިލްގައި ހިމެނޭ ހުރިހާ ލިއުންތައް ހުންނަންވާނީ ޕީޑީއެފް ފޯމެޓްގައި އެއް އެޓޭޗްމެންޓެއްގެ ގޮތުގައެވެ.)
ހުށަހަޅަންޖެހޭ ލިއުންތައް:
- ފުރިހަމަކޮށްފައިވާ ޕާލަމެންޓްރީ ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް އަދި އެ ފޯމާއެކު ހުށަހަޅުއްވަންޖެހޭ އެންމެހާ ލިޔެކިޔުންތައް
ނޯޓް: މިމަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާޠިލްވާނެއެވެ. އަދި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭނީ، އަސާސީ ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި އޯޑިއޯވީޑިއޯ މަސައްކަތްތައް (އޯޑިއޯ ވީޑިއޯ ސެޓަޕްކުރުމާއި ގެންނަންޖެހޭ އެޖަސްޓްމަންޓްތައް ގެނައުމާއި) ގުޅޭ ގޮތުން މި އިދާރާއިން ދޭ ތިޔަރީ އަދި ޕްރެޓިކަލް ޓެސްޓަކުން ފާސްވާ ފަރާތްތައް އެކަންޏެވެ.
- (ވަޒީފާއަށް އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި ވެބްސައިޓް https://majlis.gov.mv/dv/secretariate/downloads އިން ލިބެން ހުންނާނެއެވެ.)