ވަޒީފާގެ ފުރުޞަތު
ނަންބަރު: 57-K/IU/2021/ 38
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 15:51
ސުންގަޑި: 02 ސެޕްޓެންބަރު 2021 14:00
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ލީގަލް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

    ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

     

މަޤާމުގެ ނަން:

 ލީގަލް އޮފިސަރ

ރޭންކް:

 MS2/B

ކްލެސިފިކޭޝަން

 ސީނިއަރ އޮފިސަރ

ސެކްޝަން/ޑިޕާޓްމަންޓް

 ކޮމިޓީސް އެންޑް ރިސަރޗް  

ބޭނުންވާ އަދަދު:

 1

ތަޢުލީމާއި ތަޖްރިބާ:

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޤާނޫނީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ރައްޔިތުންގެ މަޖިލީހަށް ހުށެހެޅޭ ބިލްތަކާއި މައްސަލަތައް ދިރާސާ ކުރުމުގެ މަސައްކަތާއި، އިދާރާއަށް ބޭނުންވާ ޢިލްމީ ދިރާސާތައް ކުރުމާއި ކޮމިޓީތަކުގެ އެންމެހާ އިދާރީ އަދި ފަންނީ މަސައްކަތްތައް ކުރުން އަދި މި ނޫންވެސް ސެކްޝަން/މަޖިލީހުގެ އިދާރާގައި ކުރުމަށް ޙަވާލުކުރެވޭ ފަންނީ އަދި އިދާރީ މަސައްކަތްތައް ކުރުން

އުޖޫރަ:

- މަހަކު -/10,750 ރުފިޔާ

އެލަވަންސް/އިނާޔަތްތައް:

- ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/3500 ރުފިޔާ

- އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

 

ފޯމް ފޮނުވަންވީ ތާރީޚް:  24 އޮގަސްޓް 2021 އިން 02 ސެޕްޓެންބަރު 2021 ށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ނުވަތަ 2 ސެޕްޓެންބަރު 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން admin@majlis.gov.mv އަށް. (އީމެއިލް ކުރައްވާނަމަ އީމެއިލްގައި ހިމެނޭ ހުރިހާ ލިއުންތައް ހުންނަންވާނީ ޕީޑީއެފް ފޯމެޓްގައި އެއް އެޓޭޗްމެންޓެއްގެ ގޮތުގައެވެ.)

 

 ހުށަހަޅަންޖެހޭ ލިއުންތައް: 

  • ފުރިހަމަކޮށްފައިވާ ޕާލަމެންޓްރީ ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް އަދި އެ ފޯމާއެކު ހުށަހަޅުއްވަންޖެހޭ އެންމެހާ ލިޔެކިޔުންތައް

 

ނޯޓް: މިމަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާޠިލްވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

23 އޮގަސްޓް 2021