ވަޒީފާގެ ފުރުޞަތު
ނަންބަރު: 57-K/IU/2021/40
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 16:05
ސުންގަޑި: 02 ސެޕްޓެންބަރު 2021 14:00
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ޕްރޮޓޮކޯލް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

  ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

     

މަޤާމުގެ ނަން:

  ޕްރޮޓޮކޯލް އޮފިސަރ

ރޭންކް:

  GS4/B

ކްލެސިފިކޭޝަން

  އޮފިސަރ / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 4

ސެކްޝަން/ޑިޕާޓްމަންޓް

  މެންބަރސް ސަރވިސް އެންޑް ޕްރޮޓޮކޯލް 

ބޭނުންވާ އަދަދު:

  1

ތަޢުލީމާއި ތަޖްރިބާ:

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަތީ ސާނަވި އިމްތިހާނުން 2 މާއްދާއިގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ

 

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

 

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

 

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި   8އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.  

މަޤާމުގެ މައިގަނޑު  މަސްއޫލިއްޔަތު:

މަޖިލީހުގެ އިދާރާގެ މެންބަރސް ސަރވިސް އެންޑް ޕްރޮޓޮކޯލް ޑިޕާޓްމަންޓްގެ އެންމެހާ މަސައްކަތްތައް ކުރުން

އުޖޫރަ:

މަހަކު -/8,250 ރުފިޔާ

އެލަވަންސް/އިނާޔަތްތައް:

- ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/3500 ރުފިޔާ

- އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

 

ފޯމް ފޮނުވަންވީ ތާރީޚް:  24 އޮގަސްޓް 2021 އިން 02 ސެޕްޓެންބަރު 2021 ށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ނުވަތަ 02 ސެޕްޓެންބަރު 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން admin@majlis.gov.mv އަށް. (އީމެއިލް ކުރައްވާނަމަ އީމެއިލްގައި ހިމެނޭ ހުރިހާ ލިއުންތައް ހުންނަންވާނީ ޕީޑީއެފް ފޯމެޓްގައި އެއް އެޓޭޗްމެންޓެއްގެ ގޮތުގައެވެ.)

ހުށަހަޅަންޖެހޭ ލިއުންތައް: 

  • ފުރިހަމަކޮށްފައިވާ ޕާލަމެންޓްރީ ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް އަދި އެ ފޯމާއެކު ހުށަހަޅުއްވަންޖެހޭ އެންމެހާ ލިޔެކިޔުންތައް

 

ނޯޓް: މިމަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާޠިލްވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

23 އޮގަސްޓް 2021