ޢާންމު މަޢުލޫމާތު
ނަންބަރު: M4C-A/2021/06
ޕަބްލިޝްކުރި ތާރީޚް: 24 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި: 31 އޮގަސްޓް 2021 13:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ޝަރުޢީ އަގުކޮމެޓީ ދަފްތަރަށް ކުރިމަތި ލުމާގުޅޭ

ދ.ހުޅުދެލީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަގުކުރުމަށް ބޭނުންވާ ޙާލަތްތަކުގައި އަގުކުރުމަށް ބޭނުންވާ ޝަރުޢީ އަގުކޮމެޓީއަށް އިތުރު ބޭފުޅުން ހިމަނަން ބޭނުންވާތީ، މިދަފުތަރުގައި ރަޖިސްޓަރީވުމަށް ބޭނުންވާ ފަރާތްތަކުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ވީމާ، ތިރީގައި މިވާ ދާއިރާތަކުން މަސައްކަތް ރަނގަޅަށް ދަންނަ މަސައްކަތާއި ތަކެތީގެ އަގުތައް އެނގޭ ބޭފުޅުން ހިމަނައިގެން އަލުން މިކޯޓުގެ ޝަރުޢީ އަގުކޮމެޓީއެއް އެކުލަވާލުމަށް ބޭނުންވެއެވެ. މަސައްކަތް ކުރަށްވާ ކޮންމެ ދުވަހަކަށް ބޭފުޅަކަށް -/300ރ. (ތިންސަތޭކަ) ރުފިޔާގެ އެލަވަންސެއް ދެވޭނެއެވެ. މިކަމަށް އެދިލައްވާ ފަރާތްތަކުން 31 އޮގަސްޓް 2021 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން އައިޑީކާޑުގެ ކޮޕީއާއި، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީއާއެކު "އަގުކޮމެޓީގެ މެންބަރުކަމަށް އެދޭ ފޯމް" ހުށަހެޅުމަށް ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. އަގުކޮމެޓީގެ މެންބަރުކަމަށް އެދޭ ފޯމް ދ.ހުޅުދެލީ މެޖިސްޓްރޭޓް ކޯޓުން ލިބެން ހުންނާނެއެވެ.

·        ކޮންސްޓްރަކްޝަން މަސައްކަތް

·        ކަރަންޓުގެ މަސައްކަތް

·        ވަޑާމުގެ މަސައްކަތް

·        އަތްތެރި މަސައްކަތް

24 އޮގަސްޓް 2021