ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)409/409/2021/35
ޕަބްލިޝްކުރި ތާރީޚް: 24 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި: 30 އޮގަސްޓް 2021 13:00
ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރައިވަރ

ވަޒީފާގެ ފުރުސަތު

 

މަޤާމް

ޑްރައިވަރ

ރޭންކް

އެސް.އެސް 1

ކްލެސިފިކޭޝަން

ސަޕޯރޓްސްޓާފް ގްރޭޑް 1

ބޭނުންވާ ޢަދަދު

1 (އެކެއް)

ސަރވިސް

ސަޕޯރޓް ސަރވިސް

މަޤާމުގެ ގިންތި

ކޮންޓްރެކްޓް (02 އަހަރު(

މަސައްކަތް ކުރާޖެހޭތަން

ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

މުސާރަ

5600ރ ( ފަސްހާސް ހަސަތޭކަ) ރުފިޔާ

އެހެނިހެން އެލަވަންސް

ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި ރަމަޟާންމަހުގެ ޢިނާޔަތު ފައިސާ.

 

 

 

 

މަޤާމުގެ ޝަރުތުތައް

  • ލިޔަން ކިޔަން އެގުމާއިއެކު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހެއް ކަމުގައިވުން.  

ނޯޓް: ލިޔަން ކިޔަން އެގޭކަން ދެނެގަންނާނީ:

  • ސްކްރީނިން މަރުހަލާގައި ލިޔަންކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ
  • ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަކަށް ބަލައިގެންނެވެ. ނުވަތަ
  • ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.  
  • ހަތަރު ފުރޮޅުލީ އިންޖީނުލީ އޮޓޯ ނުވަތަ 2.5 ޓަނަށްވުރެ ދަށުގެ ވެލިކަލް ދުއްވުމުގެ ލައިސަންސް އޮތުން.

 

 

 

 

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބްތައް

  • ކައުންސިލްގެ ބޭނުންތަކަށް ކައުންސިލްގެ ވެލިކަލްގައި ކުރަންޖެހޭ ދަތުރުތައް ކުރުން
  • ރަސްމީ ކޮންމެ ދުވަހަކު ހެދުނު 8:00 އިން މެންދުރުފަހު 16:00 އަށް މަސައްކަތްކުރުން.
  • ކައުންސިލްގެ އިދާރާގެ ބޭރު މުވައްޒަފުން ލައްވާ ކުރަންޖެހޭ މަސައްކަތްތައް ކުރުވައި ސުޕަވައިޒުކޮށް ބެލެހެއްޓުން
  • ވެހިކަލް ދޮވެ ސާފުކޮށް ޤަވާއިދުން ތެޔޮ ބަދަލުކުރުން.
  • ވެހިކަލްގެ ތެޔޮ ހުސްވިޔަނުދީ ހޯދުމަށް ކަމާއިބެހޭ މުވައްޒަފުންނަށް ހުށަހެޅުން.
  • ވެހިކަލް މަރާމާތު ކުރުމާއި ތެޔޮ ބަދަލުކުރުންފަދަ ކަންކަން ކުރުމަށް، އެކަމާއި ގުޅޭ ފަރާތަށް އެންގުން
  • މީގެ އިތުރުންވެސް ކައުންސިލުން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން.

 

ހުށަހަޅަންޖެހޭ ލިޔުންތަށް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249) ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

ފޯމު

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން 50 ޕޮއިންޓް

 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު 5 ޕޮއިންޓް

 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ 5 ޕޮއިންޓް

 އިންޓަރވިއު 40 ޕޮއިންޓް

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

                                                                           

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30  އޮގަސްޓް 2021 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، ގއ.ނިލަންދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް secretariat@nilandhoo.gov.mvމެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށްޓަކާ ބާއްވާ އިންޓަރވިއު އޮންނާނީ 31 އޮގަސްޓްއާއި 2021 އާއި 05 ސެޕްޓެމްބަރ 2021 އާއި ދެމެދު ކައުންސިލް އިދާރާގައެވެ.

އިންޓަރވިއުއަށް ހާޒިރުވާނީ ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ހިފައިގެންނެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާު

މިއިއުލާނާއި ގުޅިގެން މަޢުލޫމާތު  ސާފު ކުރުއްވުމަށް ގުޅުއްވާނީ 6820018 ނަންބަރ އަށެވެ. އިތުރު މަޢުލޫމާތު  ހޯއްދެވުމަށް ރަސްމީ ދުވަސްތަކުގައި މިއިދާރާއަށް ވަޑައިގެންނެވެމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ"  http://www.csc.gov.mv/dv/recruitment-usoolu)   އިން ލިބެން ހުންނާނެއެވެ.

24 އޮގަސްޓް 2021