ދިވެހިރާއްޖެ
ނައިފަރު ކައުންސިލްގެ މައްޗަށް ޝަރުޢީ ކޯޓްތަކުގައި ކުރާ ދަޢުވާތަކާއި، ނައިފަރު ކައުންސިލުން އެކި ފަރާތްތަކުގެ މައްޗަށް އުފުލާ ދަޢުވާތަކުގައި ޤާނޫނީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މިފަދަ ކަންކަމުގައި ކައުންސިލުން ކަނޑައަޅާ އުޞޫލުތަކެއްގެ ތެރެއިން 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދީ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 އޯގަސްޓް 31 ވަނަ ދުވަހުގެ 13:30 އަށް ނައިފަރު ކައުންސިލްގެ އިދާރާއަށް ދުރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ޤާނޫނީ ލަފާ ބޭނުންވާ ދާއިރާތަކާއި ޒިންމާތައް
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6620068 އަދި 9991199 މިނަންބަރު ތަކާއި ގުޅުންވުން އެދެމެވެ. ބިޑްގައި ބައިވެރިވުމަށް މިކައުންސިލްގެ އެކައުންޓް 1370 ރެވެނިއު 1 (7705700335001) އަށް 100 (އެއްސަތޭކަ) ރުފިޔާ ޖަމާކުރުމަށް ފަހު 7988627 އަށް ސްލިޕް ވައިބަރ ކުރައްވާ، ބިޑް ޑޮކިޔުމަންޓް ފޮނުވާނެ އީމެއިލް އަދި ބިޑް ގަތް ފަރާތުގެ ނަމާއި، ވިޔަފާރީގެ މަޢުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. |