މަސައްކަތް
ނަންބަރު: Q1C-02-A/2021
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 10:32
ސުންގަޑި: 09 ސެޕްޓެންބަރު 2021 10:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމަށް

ގދ. މަޑަވެލީ މެޖިސްޓްރޭޓް ކޯޓް

   މަޑަވެލި

     ދިވެހިރާއްޖެ

 

                                                                     ނަންބަރ: Q1C-02-A/2021

                                          އިއުލާން

            މިކޯޓުގެ އިމާރާއި ގުޅިފައިވާ ފެންޑާގެ ފާރު ރާނާ ނިންމުމުގެ މަސައްކަތް ކޯޓުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކުރުމަށް، ކުރެވުނު ނަންބަރ Q1C-01-A/2021(03އޮގަސްޓް 2021) އިއުލާނަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، އަލުން އެ މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަނީ ފުރުޞަތު ހުޅުވާލެވިފައެވެ. 

            ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ބޭނުންވާ ފަރާތްތަކުން 01 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހުގެ 10:00 އަށް މިކޯޓަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 09 ސެޕްޓްމެބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައި އަންދާސީ ހިސާބު ކެޑުން ހަމަ އެވަގުތު އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ކަޑައަޅުއްވާފައިވާ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

            މިހެންވެ މިކަން އާންމުކޮށް އެންގުމަށް އިއުލާން ކުރީމެވެ.  

 

25 އޮގަސްޓް 2021