މަސައްކަތް
ނަންބަރު: FSM-ADV/2021/039
ޕަބްލިޝްކުރި ތާރީޚް: 29 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 21:26
ސުންގަޑި:
01 ސެޕްޓެންބަރު 2021 12:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
ފިއުލް ސަޕްލައިސް މޯލްޑިވްސްއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، ށ އަތޮޅުގައި ޤާއިމުކޮށްފައިވާ، ފެނަކަ ކޯޕަރޭޝަންގެ އިންޖީނުގެތަކަށް ޑީސަލް ސަޕްލައި ކޮށްދެއްވާނޭ ފަރާތްތަކެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- ރެޖިސްޓްރޭޝަން: 01 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން tenders@fuelmaldives.net އަށް މެއިލް ކުރައްވާ ރެޖިސްޓަރ ކުރެއްވުން އެދެމެވެ.
މެއިލްގައި ތިރީގައި މިދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ.
- ބިޑަށް ކުރިމަތިލައްވާ ފަރާތުގެ ނަން
- ގުޅޭނެ ނަންބަރު އަދި އީމެއިލް
- ބީލަން ހުށަހަޅުއްވާނެ ފަރާތް ތަމްސީލު ކުރާނެ ފަރާތް އަދި މަޤާމް
- ބީލަމުގެ އިޢުލާނު ނަންބަރ
ބިޑަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކުގެ ބީލަންތައް ބާޠިލު ކުރެވޭނެއެވެ.
- ބީލަން ހުށަހެޅުން: ބީލަން ހުށަހަޅުއްވާނީ 09 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން bidsubmissions@fuelmaldives.net އަށް މެއިލްގެ ޒަރީޢާއިންނެވެ.
މިބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު، މިއިޢުލާނާއި އެކު އެޓޭޗްކުރެވިފައި ވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331457 ނުވަތަ 3331456 އަށް ގުޅުއްވުން ނުވަތަ، tenders@fuelmaldives.net އަށް މެއިލް ކުރެއްވުން އެދެމެވެ.
29 އޮގަސްޓް 2021