މަސައްކަތް
ނަންބަރު: (IUL)10-F/10/2021/134
ޕަބްލިޝްކުރި ތާރީޚް: 13 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:10
ސުންގަޑި: 23 ސެޕްޓެންބަރު 2021 12:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ޕޮލިސް ބޯޑުގެ ސެކްރެޓޭރިއަޓަށް ލީގަލް ކޮންސަލްޓެންޓެއް ހޯދުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

     މާލެ، ދިވެހިރާއްޖެ                                           

                                 ނަންބަރު:IUL10-F/10/2021/134

އިޢުލާން

ލީގަލް ކޮންސަލްޓަންޓެއް ހޯދުން

މި މިނިސްޓްރީގެ ޕޮލިސް ބޯޑް ސެކްރެޓޭރިއެޓަށް ލީގަލް ކޮންސަލްޓަންޓެއް ހޯދުމަށް 12 ސެޕްޓެންބަރު 2021 ވަނަ ދުވަހު ކުރި ނަންބަރު (IUL)10-F/10/2021/125 އިއުލާނުގެ މައުލޫމާތު ޝީޓަށް ބަދަލެއް އައިސްފައިވާތީ އެ އިޢުލާން ބާޠިލްކޮށްފީމެވެ.

      ވީމާ، މި މިނިސްޓްރީގެ ޕޮލިސް ބޯޑް ސެކްރެޓޭރިއެޓަށް ލީގަލް ކޮންސަލްޓަންޓެއް ހޯދަން ބޭނުންވެއެވެ.

 

ޓަރމްސް އޮފް ރެފަރެންސް

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު މި އިޢުލާނާ އެއް ކަރުދާސް ކުރެވިފައިވާ "ޓަރމްސް އޮފް ރެފަރެންސް" ގައި ބަޔާން ކުރެވިފައިވާނެއެވެ.

މަޤާމަށް އެދި ހުށަހެޅުން

މި މަޤާމުތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 ސެޕްޓެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު      12:00 ގެ ކުރިން މިއިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާ "ޓަރމްސް އޮފް ރެފަރެންސް" ގައި ބުނެފައިވާ ލިޔެކިޔުންތަކާއެކު އެދިވަޑައިގަންނަވާ މަގާމް ބަޔާންކޮށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް (ވެލާނާގެ 10 ވަނަ ފަންގިފިލާ) އަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ ސިޓީތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

13 ސެޕްޓެންބަރު 2021