ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވަޤްފު ޢިމާރާތް ކަމަށްވާ "ދާރުލް އީމާން" ގެ 06 ފަންގިފިލާ ކުއްޔަށް ދިނުން:
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް ގެ ވަޤްފު ޢިމާރާތް ކަމުގައިވާ "ދާރުލް އީމާން" ޢިމާރާތުގެ 06 ފަންގިފިލާ (ގްރައުންޑް ފްލޯއިން ފެށިގެން 5 ވަނަ ފްލޯއަށް) ކުއްޔަށްދޫކުރުމަށް ކުރި އިއުލާނާ ނަންބަރ(IUL)142-A1/142/2021/112 ގުޅިގެން ޕްރޮޕޯސަލް ހުށަހަޅާފައި ވަނީ 1 ފަރާތުންކަމުގައިވާތީ އިތުރު ވާދަވެރިކަމަށް ހުޅުވާލުމުގެ ގޮތުން، "ދާރުލް އީމާން ކުއްޔަށް ދިނުމުގެ އުޞޫލް" ގެ 4 ގެ (ހ) ގައި ބަޔާންކުރެވިފައިވާ ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކަށް އަލުން މި ފުރުޞަތުހުޅުވާލަމެވެ.
ކުޔައްދޫކުރާ 06 ފަންގިފިލާގެ ޖުމުލަ ބޮޑުމިނަކީ 8400 އަކަފޫޓެވެ. އަދި ކުއްޔަށް ހިފުމުގައި ބަލާނޭ އެންމެ ދަށް ރޭޓަކީ، އަކަފޫޓަކަށް 35 ރުފިޔާ އެވެ. ދާރުލް އީމާންގެ 06 ފަންގިފިލާ (ގްރައުންޑް ފްލޯއިން ފެށިގެން 5 ވަނަ ފްލޯއަށް) ކުއްޔަށްދިނުމުގައި ބަލާނީ އެންމެ މަތީ އަގު ހުށަހަޅާފަރާތުގެ އަގު މިހާރު ކުއްޔަށް ހިފާފައިވާ ފަރާތުން ހުށަހަޅާ އަގަށްވުރެ (ދިހަ އިންސައްތަ) ބޮޑު ނުވާނަމަ، މިހާރު ކުއްޔަށް ހިފާފައިވާ ފަރާތަށް ދިނުމަށެވެ. އަދި މިހާރު ކުއްޔަށް ހިފާފައިވާ ފަރާތުން ހުށަހަޅާ އަގަށްވުރެ 10% (ދިހަ އިންސައްތަ) އަށް ވުރެ ބޮޑުއަގުތަކެއް ހުށަހަޅައިފިނަމަ، ކުއްޔަށްދިނުމުގައި ބަލާނީ އެންމެ ބޮޑު އަގެއް ހުށަހަޅާފަރާތެކެވެ.
ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 20 ސެޕްޓެންބަރު 2021 ވާ ހޯމަ ދުވަހުގެ 16:00 ގެ ކުރިން މި މިނިސްޓްރީގެ މެއިލް procurement@islamicaffairs.gov.mv މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީކުރުމަށް އެދި ހުށަހަޅާ މެއިލްގައި އިޢުލާން ނަންބަރާއި ކުއްޔަށް ހިފަން އެދޭ އިދާރާގެ ނަން ހިމަނަންވާނެއެވެ.
މި 06 ފަންގިފިލާ ކުއްޔަށް ހިފުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން 23 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުން އެދެމެވެ. މި ޕްރޮޕޯސަލްތައް ހުންނަންވާނީ ސިޓީއުރައިގައި ބަންދުކުރެވިފައެވެ. އަދި ސިޓީއުރާގެ ބޭރުގައި އިޢުލާން ނަންބަރާއި އިޢުލާންގެ ސުރުޚީ ހިމަނަންވާނެއެވެ.
ޕްރޮޕޯސަލްގައި ހިމަނަންޖެހޭ މަޢުލޫމާތު:
- ކުންފުނީގެ ޕްރޮފައިލް
- ކުއްޔަށް ހިފަން ހުށަހަޅާ އަގާއި މުއްދަތު އެނގޭނޭ ލިޔުމެއް
- ކުލި ދައްކަން ހުށަހަޅާ ގޮތް (އެއްފަހަރާ / ވަކިވަކިން ބަހާލައިގެން)
- ފައިނޭންޝަލް ކެޕޭސިޓީ އެނގޭނޭ ރަސްމީ ލިޔުމެއް
މި ޢިމާރާތުގެ ފްލޯޗާޓު މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.