ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)10-F/10/2021/166
ޕަބްލިޝްކުރި ތާރީޚް: 22 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 19:00
ސުންގަޑި: 22 ސެޕްޓެންބަރު 2021 10:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ޑިޕާޓްމަންޓް ޖުވެނައިލް ޖަސްޓިސްއަށް ވޯކްސްޓޭޝަންއާއި މޯބައިލް ޕެޑަސްޓަލް ހޯދުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

     މާލެ، ދިވެހިރާއްޖެ                   

                             ނަންބަރު:  IUL10-F/10/2021/166

އިޢުލާން

މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ޑިޕާޓްމަންޓް ޖުވެނައިލް ޖަސްޓިސްއަށް ތިރީގައި މިދަންނަވާ ތަކެތި ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

11 ވޯކިން ސްޓޭޝަން (4 ފޫޓް 2 ފޫޓް ގެ ކޮމްޕްލީޓް)

(ވޯކިން ސްޓޭޝަންތައް ހުންނަންވާނީ ފުޅާމިނުގައި 2 ފޫޓް ދިގުމިނުގައި 4 ފޫޓް ހިމެނޭ ގޮތަށެވެ. އަދި މޭޒުގެ ދެކޮޅުގައި ހުންނަންވާނީ ޕާޓިޝަން ޖެހިފައެވެ. ކުރިމައްޗަށް ވާގޮތަށް ހުންނަ ޕަރޓިޝަންގައި އައިލެވެލް އިން ފެށިގެން މައްޗަށް ހުންނަ ބައިގައި 10 އިންޗީގެ ބިއްލޫރި ލައްވާފައި ހުންނަންވާނެއެވެ. އަދި މަތީ ބައިގައި ބޮކްސް ފައިލް ލެވޭގޮތަށް ޓްރޭ ހަރުކޮށްފައި ހުންނަންވާނެއެވެ.)

11 މޯބައިލް ޕެޑަސްޓަލް (3 ވަތްގަނޑުގެ)

(މޯބައިލް ޕެޑެސްޓަލްތައް ހުންނަންވާނީ ތަޅުލެވޭގޮތަށް 3 ވަތްގަޑު ލާފައެވެ. އަދި ޕެޑެސޓަލްތަކުގެ ތިރީގައި ފުރޮޅު ހަރުކޮށްފައި ހުންނަންވާނެއެވެ.)

ވީމާ، މި ބީލަމުގައި ބައިވެރިވެއްލައްވަން ބޭނުންވާ ފަރާތްތަކުން، 28 ސެޕްޓެންބަރު 2021 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 3 އޮކްޓޯބަރު 2021 ވާ އާދީއްތަ ދުވަހުގެ 1:30 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ ވެލާނާގެ 10 ވަނަ ފަންގިފިލާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.

22 ސެޕްޓެންބަރު 2021