ދިވެހިރާއްޖެ
ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ.
ރިނބުދޫ. ދ.
ދިވެހިރާއްޖެ.
ނަމްބަރ: (IUL)377/377/2021/12
އިޢުލާން
ދ.ރިނބުދޫގެ ފެނާއި ނަރުދަމާގެ ކަނެކްޝަން ގޭގެއަށް ގުޅައިދިނުމާ ގުޅޭ.
ދ.ރިނބުދޫގައި ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރީތައް ދަނީ ވަމުންނެވެ. މި މަޝްރޫޢުގެ ދަށުން ނަރުދަމާ އަދި ފެނުގެ ކަނެކްޝަން ގޭގެއަށް ގުޅައިދިނުމަށް އެދި ގޭގެ ވެރިފަރާތުން ޚިދުމަތަށްއެދޭ ފޯމް ހުށަހަޅަން ޖެހެއެވެ.
ޚިދުމަތަށް އެދި ފޯމް ހުށަހެޅުމުގައާއި ފޯމް ބަލައިގަތުމުގައި، އަދި ކަނެކްޝަން ލިސްޓް ފައިނަލް ކުރުމުގައާއި، ޢަދަދު ފައިނަލް ކުރުމުގައި ޢަމަލުކުރާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ގެ ޤަވާޢިދު ނަމްބަރު 2020/R-10 '' މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ފެނުގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ނުވަތަ ނަރުދަމާގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން، ފެނުގެ ޚިދުމަތްތައް ނުވަތަ ނަރުދަމާގެ ޚިދުމަތްތައް ގުޅައިދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު '' ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
ވީމާ، މިޤަވާޢިދާ އެއްގޮތަށް ޚިދުމަތަށް އެދޭ ފޯމް ހުށަހެޅުމުގެ ފުރުސަތު 26 ސެޕްޓެމްބަރ 2021 ވާ އާދިއްތަ ދުވަހުން ފެށިގެން 25 ނޮވެމްބަރ 2021 ވާ (ބުރާސްފަތި) ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ. ޚިދުމަތަށް އެދޭ ފޯމް މި ކައުންސިލްގެ އިދާރާއިންނާއި ކައުންސިލްގެ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެއެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
19 ޞަފަރު 1443
26 ސެޕްޓެމްބަރ 2021
އަޙްމަދު އިޤްބާލް ޢަބްދުލްޤައްޔޫމް
ކައުންސިލްގެ ރައީސް