ދިވެހިރާއްޖެ
މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ސްޕެސިފިކޭޝަނުގެ 20 ކޮމިޕިއުޓަރ ސިސްޓަމް ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގައި މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން ދެއްވުން އެދެމެވެ.
|
ތާރީޚް |
ގަޑި |
ތަން |
ބީލަން ރެޖިސްޓަރ ކުރުން |
04 އޮކްޓޯބަރ 2021 (ހޯމަ) |
14:00 ގެ ކުރިން |
ބީލަން ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަކުރެއްވުމަށްފަހު އީމެއިލްއަށް މެއިލް ފޮނުއްވުން bids@malecity.gov.mv |
އަގު ހުށަހެޅުން |
07 އޮކްޓޯބަރ 2021 (ބުރާސްފަތި) |
14:00 |
ޕްރޮކިއުމަންޓް ސެކްޝަން/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލ |
- ބީލަމުގައި ރެޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ބީލަން ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު އީ-އެމްއިލް: bids@malecity.gov.mv އަށް ކަނޑައެޅިފައިވާ ގަޑީގެ ކުރިން މެއިލް ފޮނުއްވުން އެދެމެވެ. ބީލަމުގައި ރެޖިސްޓަރވާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް މެއިލް ކުރެވޭނެއެވެ.
- ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 04 އޮކްޓޯބަރ 2021 ހޯމަ ދުވަހުގެ 14:00 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަކަށްޓަކައި ދަންނަވަމެވެ.
- ބީލަން ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
- މިއިއުލާނާއެކު ބީލަން ރަޖިސްޓްރޭޝަން ފޯމް އެޓޭޗްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
- ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
- އިތުރު މަޢުލޫމާތު:
- މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ބިލްޑިންގ/4 ވަނަ ފަންގިފިލާ) އަމީނީމަގު، ފޯން: 3025407 / އީމެއިލް: bids@malecity.gov.mv
20 ޞަފަރު 1443
27 ސެޕްޓެމްބަރ 2021