މަސައްކަތް
ނަންބަރު: GS210/IUL/2021/24
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 20:48
ސުންގަޑި: 03 އޮކްޓޫބަރު 2021 00:00
އުނގޫފާރު ސްކޫލް
ދިވެހިރާއްޖެ
ސްކޫލްގެ ވަށާފާރު ރޭނުމަށް ބޭނުންވެއްޖެ

ނަންބަރު: GS210/IUL/2021/24

ޢިއުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

                        މިސްކޫލްގެ ނަންބަރު GS210/IUL/2021/22 (12 ސެޕްޓެމްބަރ 2021) އާއި ގުޅިގެން ހުށައެޅުނު އަގުތަށް ބޮޑުކަމަށް ފެންނާތީ ވަށާފާރު ރާނައި ދޭނެ ފަރާތެއް ހޯދުމަށް  އަލުން އިއުލާނު ކުރަމެވެ. ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 03 އޮކްޓޯބަރ 2021 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 10 އޮކްޓޯބަރ 2021 ވާ އާދީއްތަ ދުވަހު 13:00 އަށް ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި އަންދާސީހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19)ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

                     އިތުރުމައުލޫމާތު ސާފުކުރެއްވުމަށް މިސްކޫލުގެ ނަންބަރު 6580262 އަށް ގުޅުއްވުންއެދެމެވެ. 

 

28 ސެޕްޓެންބަރު 2021