މަސައްކަތް
ނަންބަރު: 57-T/IU/2021/32
ޕަބްލިޝްކުރި ތާރީޚް: 03 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 14:33
ސުންގަޑި: 12 އޮކްޓޫބަރު 2021 13:00
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ: މި އިދާރާގެ 13 ބުރީގެ އައު އިމާރާތުގެ ޓެރަސްމަތީގައި މިހާރު ހުރި ފެންސްވޯލް ނަގައި އަލުން ފާރު ރޭނުމުގެ މަސައްކަތާއި އަދި ކުރަން ހުރި އެހެނިހެން މަސައްކަތް (ޓެރަސް ވޯޓަރޕްރޫފް ކުރުމުގެ މަސައްކަތް ނުހިމެނޭގޮތަށް) ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

މި އިދާރާގެ 13 ބުރީގެ އައު އިމާރާތުގެ ޓެރަސްމަތީގައި މިހާރު ހުރި ފެންސްވޯލް ނަގައި އަލުން ފާރު ރޭނުމުގެ މަސައްކަތާއި އަދި ކުރަން ހުރި އެހެނިހެން މަސައްކަތް (ޓެރަސް ވޯޓަރޕްރޫފް ކުރުމުގެ މަސައްކަތް ނުހިމެނޭގޮތަށް) ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުމާއި ސުވާލެއް އޮތްނަމަ އެކަމެއް  09 އޮކްޓޯބަރު 2021 ވާ  ހޮނިހިރު ދުވަހުގެ 11:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް،މި އިދާރާގެ އީމެއިލް، procurement@majlis.gov.mv އަށް ތިރީގައިވާ މަޢުލޫމާތު ހިމެނޭގޮތަށް ފޮނުއްވުން:

ކޮޕީ: saudulla@majlis.gov.mv

އިޢުލާން ނަންބަރު: 32 / 2021 / އައި.ޔޫ / ޓީ - 57

ކުންފުނި/ ވިޔަފާރީގެ ނަން:

ގުޅޭނެ ފަރާތެއްގެ ނަމާއި ފޯނު ނަންބަރު:

އީމެއިލް އެޑްރެސް:

ނޯޓް: ނޯޓް: ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އިއުލާނާއެކު އެވަނީ އެޓޭޗް ކުރެވިފައެވެ. އަދި ބީލަމުގައި ބައިވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް ފޮނުވާ ސުވާލު ތަކަށް 09 އޮކްޓޯބަރ 2021 ވާ ހޮނިހިރު ދުވަހުގެ 23:59 ގެ ކުރިން ޖަވާބު ފޮނުވޭނެއެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމާއި އިތުރަށް ސާފުކުރަން ބޭނުންވާ މަޢުލޫމާތެއް އޮތްނަމަ ސާފުކުރުމަށް ފޮނުވުން

ތަން: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ތާރީޚާއި ގަޑި: 09 އޮކްޓޯބަރު 2021 ވާ ހޮނިހިރު ދުވަހުގެ 13:30

ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ސައިޓް ސާރވޭ ކުރުމަށް ބޭނުންވާ ފަރާތްތަކަށް ސައިޓް ދެއްކުން 

ތަން: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ތާރީޚާއި ގަޑި: 12 އޮކްޓޯބަރު 2021 ވާ އަންގާރަ ދުވަހުގެ 13:00 ގައި

ނޯޓް: ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ އީމެއިލް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީޚަކީ އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ  މަތީގައި ބަޔާންކޮށްފައިވާ  ގަޑީގައެވެ.

ބީލަން ހުށަހެޅުމާއި ހުޅުވަންވީ ތަނާއި ސުންގަޑި

 

03 އޮކްޓޫބަރު 2021