ދިވެހިރާއްޖެ
މި އިޢުލާންވަނީ 06 އޮކްޓޫބަރު 2021 15:39 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
ޒުވާނުންގެ ދުވަސް 2021
22 އޮކްޓޯބަރ 2021 ވަނަ ދުވަހަކީ ޤައުމީ ޒުވާނުންގެ ދުވަސް ކަމުގައިވާތީ، މިއަހަރުގެ ޤައުމީ ޒުވާނުންގެ ދުވަހާއި ގުޅިގެން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ތަފާތު ޙަރަކާތްތައް ހިންގުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން، ހދ. ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޒުވާނުންގެ އެވޯޑް ދިނުމުގެ ޙަފްލާއާއި މިއުޒިކް ޝޯގެ ލައިޓް، ސައުންޑް އަދި އެލްއީޑީ ސްކްރީން ބަހައްޓައިދޭނެ ފަރާތެއް ހޯދަން މި މިނިސްޓަރީއިން ބޭނުންވެއެވެ. އަދި މި މަސައްކަތާ ގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ސެޝަނެއް 07 އޮކްޓޯބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ސޯޝަލް ސެންޓަރު (ޒުވާނުންގެ މަރުކަޒު) ގައި އޮންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މަސައްކަތަށް ބިޑުކުރެވޭނީ މި މަޢުލޫމާތު ސެޝަންގައި ބައިވެރިވެލައްވާ ފަރާތްތަކަށް ކަމުގައި ދެންނެވީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި މަޢުލޫމާތު ސެޝަންގައި ބައިވެރިވެލެއްވުން އެދެމެވެ.
މި ސެޝަންގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ވަނީ ހުޅުވާލެވިފައެވެ.