1. ޕްރޮކިއުމަންޓް ސެކްޝަނަށް ރޫޓް ކުރެވޭ ހުރިހާ ލިޔެކިޔުންތަކަށް ވެރިއެއްގެ މަޝްވަރާއާއިއެކު، ޖަވާބުދަރީވެ، ސެކްޝަން/ޑިޕާޓްމަންޓް/ޔުނިޓްތަކުން އެދޭ ކަންތައްތައް ހަމަޖައްސައިދިނުން.
2. މިނިސްޓްރީގެ އެންމެހައި ޑިޕާޓްމަންޓުތަކުގެ ހިންގުމަށާއި އެކި ޕްރޮޖެކްޓްތަކަށް ބޭނުންވާ ތަކެތީގެ ކޯޓޭޝަން ހޯދުމަށް ފިހާރަތަކަށް އީމެއިލް ކުރުމާއި ފިހާރަތަކަށްގޮސް ކޯޓޭޝަން ބޭނުންވާ ވަގުތަށް ހޯދުން.
3. ތަކެތި ގަތުމަށް ޕާރޗޭސް އޯޑަރ ތައްޔާރުކޮށް ޕާރޗޭސް އޯޑަރުތައް ހިފައިގެން ފިހާރަތަކަށް ގޮސް ފިހާރަތަކުން މުދާ ގެނަސް މުދާ ހޯދަން އެދުނު ސެކްޝަނާއި ޙަވާލުކުރުން.
4. ފިހާރަތަކަށް ފޮނުވާ ޕާރޗޭސް އޯޑަރތައް ނަގައި އެންޓްރީ ޝީޓް އަޕްޑޭޓް ކުރުން.
5. މިނިސްޓްރީގެ ފަރާތުން ރާއްޖެތެރެއަށާއި ރާއްޖެއިން ބޭރަށް ކުރެވޭ ދަތުރުތައް ހަމަޖައްސަވައި އެކަމުގެ މަޢުލޫމާތު ކަމާއިބެހޭ ފަރާތްތަކަށް ދިނުން.
6. މިނިސްޓްރީއިން ރާވައިގެން ހިންގާ ސެމިނަރ، ވޯކްޝޮޕްތަކާއި ގުޅިގެން ޕްރޮކިއުމެންޓުން ހަމަޖައްސަން ޖެހޭ ކަންތައްތައް ކަމާއިގުޅޭ ފަރާތްތަކާއި ގުޅިގެން ވެރިންގެ ލަފައާއި އެކު ހަމަޖެއްސުން.
7. މިނިސްޓްރީއަށް ހޯދާ ބައެއް ކަހަލަ ތަކެތި ބަލަން ފިހާރަތަކަށް ގޮސް އެތަކެތީގެ ސާމްޕަލް ގެނެސް ކަމާއިބެހޭ ސެކްޝަނުން ފާސް ކުރުވުމަށްފަހު އެތަކެތި އަނބުރާ ފިހާރަތަކަށް ގެންދިއުން.
8. މިނިސްޓްރީއިން ޚިދުމަތް ހޯދާ މަސައްކަތްތަކުގެ ބިލްތަކަށް ފައިސާ ދެއްކުން ބޭނުންވާ ހުރިހާ ލިޔެކިޔުންތަކާއި ސޮއިތައް ހަމަކުރުމަށްފަހު 3 ދުވަހުގެ ތެރޭގައި ބިލްތަކަށް ފައިސާދައްކަން ފައިނޭންސް ސެކްޝަންއަށް ފޮނުވުން.
9. ޕޭމަންޓް ޔުނިޓަށް ލިބޭ ހުރިހާ ފޯމްސެޓްތައް ސްކޭންކޮށް ވަކި އޯޑަރެއްގެ މަތިން ރެކޯޑްކޮށް ބަލަހައްޓައި އަދި މި ފޯމްސެޓް ތަކަށް ބިލް ލިބުނުތޯ ޗެކުކުރުން.
10. ފައިނޭންސް ސެކްޝަނަށް ފޮނުވޭ ހުރިހާ ބިލްތަކުގެ ސްކޭން ކޮޕީ އާއިއެކު ހުރިހާ ރެކޯޑެއް ބެލެހެއްޓުން.
11. ބިލްތަކުގެ ސްޓޭޓަސް ބަލަން ގުޅާ މީހުންނާއި މިނިސްޓްރީއަށް ވަޑައިގަންނަވާ މީހުންނަށް ޖަވާބުދާރީވެ އަދި އެ ބޭފުޅުންގެ ސްޓޭޓްމެންޓްތައް އަޕްޑޭޓްކޮށް ބިލްތަކުގެ ހާލަތު ލިޔުމުން ފޮނުވުން.
12. ދުވަހުން ދުވަހަށް ލިބޭ ފޯމްސެޓްތައް ބަލައި އެ ފޯމްސެޓްތަކަށް ބިލްތައް ލިބިފައިނުވާނަމަ އެފަރާތްތަކާއި ގުޅައިގެން އެބިލްތައް ހަފްތާއެއްގެ ތެރޭގައި ލިބޭނެ އިންތިޒާމް ހަމަޖެއްސުން.
13. ކޮންމެ މަހަކު ބަޖެޓް ސެކްޝަނަށް ޙަވާލުކުރެވޭ ބިލްތަކުގެ ރިޕޯޓެއް ތައްޔާރުކޮށް ފައިނޭންސް ސެކްޝަނަށް ފޮނުވޭ ބިލްތަކާއި ނުފޮނުވޭ ބިލްތައް ފާހަގަކޮށް ނުފޮނުވުނު ސަބަބު ބަޔާންކޮށް ސެކްޝަންގެ ވެރިޔާއަށް ފޮނުވުން.
14. ޕްރޮކިއުމަންޓް ސެކްޝަނަށް ރޫޓް ކުރެވޭ ހުރިހާ ލިޔެކިޔުންތައް އެންޓްރީ ކުރުން.
15. ޕްރޮކިއުމަންޓް ސެކްޝަނުން އެހެން ސެކްޝަންތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް އެ ސެކްޝަންތަކާއި ޙަވާލުކުރުން.
16. ސެޕް މެދުވެރިކޮށް ޕީއޯ ހެދުމާއި މާލިއްޔަތު ޤަވާއިދާ އެއްގޮތަށް މަސައްކަތް ކުރުން.
|