ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)409/409/2021/42
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި: 21 އޮކްޓޫބަރު 2021 13:00
ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ނިލަންދޫ އިޖްތިމާއީ ސަރަހައްދު ކުނިކަހައި ސާފްކުރުމަށް މުވައްޒަފުން ބޭނުންވެއްޖެ

 

ގއ.ނިލަންދޫ އިޖްތިމާއީ ސަރަހައްދު ކުނިކަހައި ސާފްކުރުމަށް މުވައްޒަފުން ބޭނުންވެއްޖެ

 

 މި ކައުންސިލްގެ ބެލުމުގެ ދަށުން ބަލަހައްޓަމުންގެންދާ ގއ.ނިލަންދޫ އިޖްތިމާޢީ ސަރަޙައްދުތައް ސާފުކުރުމުގެ މަސައްކަތަށް ނަގާ "ވެށިފާރަވެރިޔާ" މަޤާމަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކޮށްދޭނެ މުވައްޒަފުން ހޯދުމަށް ބޭނުންވެއްޖެއެވެ

 

 

މަޤާމް

ވެށިފާރަވެރިޔާ

ބޭނުންވާ އަދަދު

04

މުއްދަތު

01 އަހަރު

މުސާރަ

1000 ރުފިޔާ  (މަހަކަށް)

މަޤާމް އޮތް އޮފީސް

ހުވަދު އަތޮޅު އުތުރުބުރީ ނިލަންދޫގެ ކައުންސިލްގެ އިދާރާ

ސެކްޝަން

މުނިސިޕަލް ސާރވިސް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

ގއ.ނިލަންދޫ އިޖްތިމާއީ ސަރަހައްދު / ގއ.ނިލަންދޫ

މަޤާމުގެ އަސާސީ ޝަރުތު:

 

 

 

1- ލިޔަންކިޔަން ދަތުމާއެކު، މަސައްކަތުގައި އުޅެވޭނެ ހީވާގި މީހެއް ކަމުގައިވުން.

1- ވަޒީފާގެ މަސްއޫލިއްޔަތު ބަރާބަރަށް އަދާކުރެވޭ ފަދަ ސިއްހަތެއްގައި ހުރި ފަރާތަކަށްވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1-ކައުންސިލުން ކަނޑައަޅާ ތާވަލާއި އެއްގޮތަށް (އަމިއްލަ އިލޮށިފަތި މަށަންދަތި ފަދަ ތަކެތި ) ބޭނުން ކޮށްގެން ރަށުގެ އިޖްތިމާއީ ސަރަހައްދު ކުނިކަހާ ސާފްކޮށް ބެލެހެއްޓުން

 2- ހާއްސަ މުނާޞަބަތުތަކަށާއި ރަސްމިއްޔާތުތަކަށް ވަކި ސަރަޙައްދެއް ސާފުކުރުމަށް ކައުންސިލުން އަންގަވައިފި ހިނދެއްގައި ކައުންސިލުން އަންގާ ގަޑިއަކަށް އެތަނެއް ސާފުކޮށް ތައްޔާރު ކޮށްދިނުން

 3-އެދުވަހަކު ސާފުކުރާ ސަރަހައްދެއްގެ ކުނި ކައުންސިލުން އަންގާ ގޮތެއްގެ މަތިން އެއްކޮށް، ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މުވައްޒަފުންނަށް އަންގައިގެން ކުނިތައް ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންދިޔުމުގެ އިންތިޒާމް ހަމަޖެއްސުން. އަދި ކޮންމެ ދުވަހަކު ނެގޭ ކުނި އެދުވަހަކު ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންދެވޭކަން ކަށަވަރު ކުރުން

 4-ކައުންސިލުން ކުރިއަށް ގެންދާ ވޭސްޓް މެނޭޖްމަންޓް ޕްރޮގްރާމް ތަންފީޒު ކުރުމުގައި ކައުންސިލުން އަންގާ ކަންކަން ކުރިއަށް ގެންދިޔުން

 5-މީގެ އިތުރުންވެސް ވަޒީފާއާއި ގުޅިގެން މަސައްކަތުގެ ވަގުތުގައި ކުރަންޖެހޭ މަސައްކަތްތައް ފަރުވާތެރި ކަމާއި އެކު ކުރުން

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1-     ތަޢުލީމާއި ތަޖުރިބާ  އަދި މަސައްކަތްކުރުމުގެ ހުނަރާއި ޤަބިލްކަން ހުރުން

2-     މަސައްކަތުގައި ގިންވަގުތު އުޅެވޭނެ ފަރާތްތައް

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

އިޢުލާނަށް މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޙާއި ތަން އެންގޭނެއެވެ.

ހުށައަޅަން ޖެހޭ ލިޔުންތައް:

1- މައުލޫމާތު ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަން ފޯމް ރަސްމީ ގަޑީގައި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.)

2- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ

3- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު  (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއި އެކު)

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2021 އޮކްޓޯބަރ 21 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ހުވަދު އަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާއަށް ހުށައެޅުވުން އެދެމެވެ.

 އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރ:6820018 ފޯނާއެވެ.

         

          07 ރަބީޢުލްއައްވަލް 1443   

13 އޮކްޓޫބަރު 2021