ދިވެހިރާއްޖެ
މަޤާމް: |
ސީނިއަރ މެނޭޖަރ – ޕްލޭނިންގް އެންޑް ޑިޒައިނިންގ |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
ސީނިއަރ މެނޭޖަރ – ގރ 1 |
މުސާރަ: |
މަހަކު -/14500 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: -/5800 - މެނޭޖްމަންޓް އެލަވަންސް: -/2500 - ފޯން އެލަވަންސް: -/500 |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 09 ގެ ސެޓްފިކެޓެއް ޙާސިލުކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 5-3 އަހަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، - މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 07 ގެ ސެޓްފިކެޓެއް ޙާސިލުކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 5-3 އަހަރުގެ ތަޖުރިބާ ލިބިފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- މަޝްރޫޢުތައް ފެއްޓުމަށްޓަކައި ކުރަހަންޖެހޭ ކުރެހުންތަކާއި ޑިޒައިންތަކުގެ އެންމެހާ މަސައްކަތްތައް ރާވައި ހިންގުން. - މަޝްރޫޢު ހަވާލުކުރާ ފަރާތުން އެޕްރޫވް ކުރުމަށްޓަކައި ކޮންސެޕްޓް ތައްޔާރުކުރުން. - މަޝްރޫޢު ހަވާލުކުރި ފަރާތައް މަޝްރޫޢު ކުރިއަށް ގެންދެވޭނެ ގޮތްތަކާއިބެހޭ ލަފާދިނުން. - މަޝްރޫޢު ހަވާލުކުރި ފަރާތް އެދިލައްވާގޮތަށް ކުރެހުންތައް ތައްޔާރުކުރުމުގެ އެންމެހާ މަސައްކަތް ކުރުން. - ކުރެހުންތަކާއި ޑިޒައިންތައް ތައްޔާރު ކުރުމުގައި މަސައްކަތް ހަވާލުކުރާ ފަރާތުގެ ރިކުއާމެންޓާއި، ބަޖެޓް އަދި ލަނޑުދަނޑިތައް ހާސިލް ކުރެވޭކަން ކަށަވަރުކުރުން. - މަގުތަކުގެ އިންޖިނިއަރިންގ ޑިޒައިންތަކުގެ ފަންނީ މިންގަނޑުތައް ޕްރޮމޯޓްކޮށް ކުރިއެރުވުން. - ކޮންސެޕްޓް ޑިޒައިން، ސްޓްރަކްޗަރގެ ޑިޒައިން މަޢުލޫމާތު، ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅާ އެކަންކަމާއި ގުޅޭ ތަފްޞީލީ މަޢުލޫމާތު ތައްޔާރުކުރުން. - ސާރވޭ ރިޕޯރޓް އިންލިބޭ ނަތިޖާއަށް ބިނާކޮށް ކުރެހުންތައް ތައްޔާރުކުރުން - ހުށައެޅިފައިވާ ޕްރޮޖެކްޓްތަކުން ހާސިލްކުރަން ބޭނުންވާ ކަންތައްތައް ދެނެގަނެ އެކަން ޙާސިލް ކުރުމަށްޓަކައި ކަމާއި ގުޅޭ ޑިޕާޓްމަންޓްތަކާ އެކު މަސައްކަތްކުރުން. - ޕްރޮޖެކްޓްތަކަށް ބޭނުންވާ ތަފްޞީލީ ކުރެހުންތައް ތައްޔާރުކުރުން. - ޑިޒައިނާއި އެއްގޮތަށް މަޝްރޫޢު ކުރިއަށްދާކަން ކަށަވަރުކުރުމަށްޓަކައި ޤާއިމް ކުރަންޖެހޭ އެންމެހާ ކަންކަން ވަލަރެސް ކުރުން. - ޕްލޭނިންގ އެންޑް ޑިޒައިން ޑިޕާޓްމަންޓްގެ މެންޑޭޓްގައި ހިމަނިފައިވާ އެންމެހާ ކަންކަން ޙާސިލް ކުރުން. - ޑިޕާޓްމަންޓްގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން. - ޑިޕާޓްމަންޓްގެ މަސައްކަތާއި ގުޅޭގޮތުން ތައްޔާރު ކުރަންޖެހޭ އެންމެހާ ލިޔެކިޔުން ތައްޔާރުކުރުން. |
ސުންގަޑި: |
- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 20 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީމެއިލްjobs@rdc.com.mv އަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ އޮކްޓޯބަރ މަހުގެ ތާރީޚެއްގައިއެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
07 ރަބީޢުލްއައްވަލް 1443