ދިވެހިރާއްޖެ
ނ.މާފަރު އެއަރޕޯޓް މަޝްރޫޢާ ގުޅޭ މަޢުލޫމާތު
ގަވާއިދު ނަންބަރު2021/R-114 (ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު) ގެ 7 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ނ. މާފަރުގައި ކުރިއަށް ގެންގޮސްފައިވާ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅޭ އަންނަނިވި މަޢުލޫމާތު ޝާއިޢު ކުރަމެވެ.
1. މަޝްރޫޢުގެ ތަޢާރަފު: |
މިއީ، 2,200 (ދެހާސް ދުއިސައްތަ) މީޓަރުގެ ރަންވޭއަކާއެކު ރީޖަނަލް އެއަރޕޯޓެއް ތަރައްޤީކުރުމަށް ކަނޑައެޅިފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގައި، 100,861 (އެއްލައްކަ އަށްސަތޭކަ ފަސްދޮޅަސް އެކެއް) ސެންޓިމީޓަރުގެ ސަރަޙައްދެއްގެ ޑްރެޖިންގ އަދި ރެކްލެމޭޝަން މަސައްކަތާއި، 800 (އަށް ސަތޭކަ) މީޓަރުގެ ސަރަޙައްދުގެ ރިވެޓްމަންޓް ޖެހުމާއެކު، އެއަރޕޯޓަށް ބޭނުންވާނެ ޢިމާރާތްތައް ތަރައްޤީކުރުމާއި އަންނަނިވި ވަޞީލަތްތައް ޤާއިމުކުރުން ހިމެނެއެވެ.
|
2. މަޝްރޫޢު ހިންގައިފައިވާ އަތޮޅާއި ރަށް: |
މިލަދުންމަޑުލު ދެކުނުބުރި (ނ) މާފަރު |
3. މަޝްރޫޢު ހިންގި ފަރާތުން ކޮށްފައިވާ ޚަރަދު: |
42,991,795.04 (ސާޅީސް ދެ މިލިއަން ނުވަލައްކަ ނުވަދިހަ އެއްހާސް ހަތްސަތޭކަ ނުވަދިހަ ފަސް ޑޮލަރު، 4 ސެންޓް) |
4. މަޝްރޫޢު ހިންގި ފަރާތް: |
އަބޫދާބީ ފަންޑު ފޮރ ޑިވެލޮޕްމަންޓް (އޭ.ޑީ.އެފް.ޑީ) |
5. މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރާއި އިންވެސްޓަރު ސޮއިކުރި ތާރީޚް: |
25 ޑިސެންބަރު 2017 |
6. މަޝްރޫޢު ނިމުނު ތާރީޚު: |
01 ޑިސެންބަރު 2019 (އެއަރޕޯޓުގެ އޮޕަރޭޝަން ފެށުނު ތާރީޚް) |
ނޯޓް: އަދި މި މަޝްރޫޢާ ގުޅޭ މަޢުލޫމާތު ޝީޓުގެ އިނގިރޭސި ތަރުޖަމާ އެޓޭޗްކުރެވިފައިވާނެއެވެ.