ދިވެހިރާއްޖެ
އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓު
އއ.ރަސްދޫ،
ދިވެހިރާއްޖެ.
ނަންބަރު: U2MC-A/2021/06
އިޢުލާން
މިކޯޓުގެ ފުރާޅުން ސީލިންގ މައްޗަށް ފެންފައިބާ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.
ސުރުޙީގައި ދެންނެވިފައިވާ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިކަން ހުރި ފަރާތްތަކުން 28 އޮކްޓޫބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މިކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
- އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 07 ނޮވެމްބަރ 2021
- އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 11:30
- އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓު
މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. އަދި، މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ބަދަލުގައި ފޮނުވި ފަރާތެއްކަން އެނގޭނެ ލިޔުމަކާއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ.
މި އިޢްލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުއްވޭނީ (ޤާނޫނު ނަންބަރު: 2014/18 "ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު") އާއި (ޤާނޫނު ނަންބަރު: 2014/19 "އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު") މި ދެ ޤާނޫނުގައިވާ ގޮތުގެމަތިން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
14 ރަބީޢުލްއައްވަލް 1443
20 އޮކްޓޫބަރ 2021
ލިއުޝާ ޚާލިދު
ލީގަލް އޮފިސަރ
(ޗީފް އެޑްމިނިސްޓްރޭޓަރގެ މަސްޢޫލިއްޔަތާއި ވަގުތީގޮތުން ޙަވާލުވެހުރި)