މަސައްކަތް
ނަންބަރު: 57-T/IU/2021/38
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 15:34
ސުންގަޑި: 08 ނޮވެންބަރު 2021 11:00
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުއްވެއްޖެ: މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަތަކެތީގައި އިޢުލާންގައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަތަކެތީގައި ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

  1. ބޭރުފާރުގައި ކުލަލުމުގެ މަސައްކަތް،
  2. އިމާރާތުގެ އެތެރޭގެ ބައެއް މަރާމާތުކުރުމާއި އެތެރޭގައި ކުލަލުމުގެ މަސައްކަތް އަދި
  3. ބައެއް ސަރަހައްދުތަކުގައި ފްލޯ ޕެއިންޓް ކުރުމުގެ މަސައްކަތް

ވީމާ، މި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން 28 އޮކްޓޯބަރު 2021 ވާ  ބުރާސްފަތި ދުވަހުގެ މެންދުރު 23:59 ގެ ކުރިން އީމެއިލް މެދުވެރިކޮށް، މި އިދާރާގެ އީމެއިލް، procurement@majlis.gov.mv އަށް ތިރީގައިވާ މަޢުލޫމާތު ހިމެނޭގޮތަށް ފޮނުއްވުން:

ކޮޕީ: saudulla@majlis.gov.mv

ޝައުޤްވެރިކަން ފާޅުކުރާ މަސައްކަތުގެ އިޢުލާން ނަންބަރު: 38 / 2021 / އައި.ޔޫ / ޓީ - 57

ކުންފުނި/ ވިޔަފާރީގެ ނަން:

ގުޅޭނެ ފަރާތެއްގެ ނަމާއި ފޯނު ނަންބަރު:

އީމެއިލް އެޑްރެސް:

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

31 އޮކްޓޫބަރު 2021 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އޮންނާނެއެވެ. އަދި ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށް އަދި މައުލޫމާތު ސެޝަންއަށް ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ކަރުދާސް ހިއްސާ ކުރެވޭނެއެވެ.

ޕްރީ ބިޑް މީޓިންގ އަދި ސައިޓް ސާރވޭ

ތަން: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ތާރީޚާއި ގަޑި: 08 ނޮވެމްބަރު 2021 ވާ ހޯމަ ދުވަހުގެ 11:00

ނޯޓް: ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ އީމެއިލް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށް އަދި މައުލޫމާތު ސެޝަންއަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީޚަކީ އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ  މަތީގައި ބަޔާންކޮށްފައިވާ  ގަޑީގައެވެ.

ބީލަން ހުށަހެޅުމާއި ހުޅުވަންވީ ތަނާއި ސުންގަޑި

 

23 އޮކްޓޫބަރު 2021