ދިވެހިރާއްޖެ
އެގްޒިމް ބޭންކް ލައިން އޮފް ކްރެޑިޓް ފެސިލިޓީ ޕްރޮޖެކްޓް
މޮނިޓަރިންގ އެންޑް އިވެލުއޭޝަން އޮފިސަރ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދައުވަތު
މިމިނިސްޓްރީގެ ނަންބަރ (IUL)471-PIDS2/1/2021/168 (05 އޮކްޓޯބަރ 2021) އިޢުލާނާ ގުޅިގެން އެކަށީގެންވާ މިންވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އެ މަޤާމަށް އިޢުލާން ކުރީމެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ (އެމް.އެން.ޕީ.އެޗް.އައި.) އިން އެގްޒިމް ބޭންކް ލައިން އޮފް ކްރެޑިޓް ފެސިލިޓީ ޕްރޮޖެކްޓް (އެގްޒިމް ބޭންކް) ގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދާ 34 ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢު އަދި އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ މަސައްކަތްތައް އިމްޕްލިމެންޓްކޮށް ބެލެހެއްޓުމަށް މޮނިޓަރިންގ އަދި އިވެލުއޭޝަން އޮފިސަރ އެއް ހޯދުމަށް ބޭނުންވެއެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދިނުމުގެ ގޮތުން، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މައުލޫމާތު، މިފަދަ މަޝްރޫޢުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ، ތައުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މައުލޫމާތު ހިމެނޭ ވަނަވަރު ހުށައަޅަންވާނެއެވެ.
ޝައުޤުވެރިވާ ފަރާތްތަކުން 8 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ޖެހުމުގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ސިޓީ ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ފޮނުވަންޖެހޭ އެޑްރެސް:
އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
އަމީނީމަގު، މާފަންނު، މާލެ 20392، ދިވެހިރާއްޖެ.
އީމެއިލް: tenders@planning.gov.mv
މި މަޝްރޫޢުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް ތިރީގައިވާ އީމެއިލް އެޑްރެހަށް އީމެއިލް ކުރެއްވުން އެދެމެވެ.
tenders@planning.gov.mv