މަސައްކަތް
ނަންބަރު: (IUL)401-E/401/2021/355
ޕަބްލިޝްކުރި ތާރީޚް: 21 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 15:15
ސުންގަޑި: 10 ނޮވެންބަރު 2021 11:00
ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް މާރުކޭޓް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުން

 

އިޢުލާން

 

 

ތާރީޚް:

21 އޮކްޓޯބަރ 2021

ނަންބަރު:

(IUL)401-E/401/2021/355

 

 

15 ރަބީޢުލްއައްވަލް 1443

އިޢުލާންގެ ވަނަ:

02

 

 

ލޯކަލް މާރުކޭޓް ހަދައިދޭނެ ފަރާތެއް ހޯދުން

 

 

 

 

 

ލ. ފޮނަދޫ ބަނދަރު ސަރަހައްދުގައި ލޯކަލް މާރުކޭޓެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރި މިކައުންސިލް ނަންބަރު (IUL)401-E/401/2021/120 (07 އޭޕްރީލް 2021) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ފުރިހަމަނުވާތީ، އެއަންދާސީހިސާބުތައް ބާޠިލްކޮށްފީމެވެ. ވީމާ، މިކައުންސިލުން ފޯރުކޮށްދޭ ނަމޫނާއާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ސައުގުވެރިވާ ފަރާތްތަކަށް އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

 

ބީލަމުގައި ރަޖިސްޓަރީވުން

ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ވެވޭނީ 04 ނޮވެމްބަރ 2021 (ބުރާސްފަތި) ދުވަހުގެ 12:00 ގެ ކުރިން 'ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް' ފުރިހަމަ ކުރުމަށްފަހު މިކައުންސިލަށް ހުށަހަޅާ، ބިޑް ޑޮކިއުމެންޓް ގަތުމަށް ފައިސާ ދެއްކުމުންނެވެ.

ފޯމު މިކައުންސިލްގެ ވެބްސައިޓު www.fonadhoo.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ބިޑް ޑޮކިއުމެންޓްގެ އަގަކީ -/150ރ އެވެ.

 

ބިޑު ޑޮކިއުމެންޓް

ބީލަމުގައި ރަޖިސްޓަރީވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ބިޑު ޑޮކިއުމެންޓް ފޯރުކޮށްދެވޭނެއެވެ.

 

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

ބީލަން ހުށަހެޅުމުގެ ސުންގަޑި: 10 ނޮވެމްބަރ 2021 (ބުދަ)، 11:00

ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.

ބީލަން ހުށަހަޅަންޖެހޭތަން: ލ. ފޮނަދޫ ކައުންސިލްގެ އިދާރާ

ހުށަހަޅާ ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި 'ލޯކަލް މާރުކޭޓް ހެދުން' މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރު ސިޓީ އުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

ބީލަން ހުޅުވުން: 10 ނޮވެމްބަރ 2021 (ބުދަ)، 11:00 ގައި ލ. ފޮނަދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ވަޑައިގަންނަ ބީލަންވެރިންގެ ޙާޟިރުގައެވެ.

 

އިތުރު މަޢުލޫމާތު

މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯނު: 6800082

އީމެއިލް: projects@fonadhoo.gov.mv

 

   
 

 

21 އޮކްޓޫބަރު 2021