ދިވެހިރާއްޖެ
ނަންބަރު: FNK-I/IUL/2021/476
އިޢުލާން
މިކުންފުނީގެ ވެހިކަލްތައް ޕާރކް ކުރުމަށް ގަރާޖެއް ކުއްޔަށް ހިފުމާގުޅޭ:
މިކުންފުނީގެ ވެހިކަލްތައް ޕާރކް ކުރުމަށް ގަރާޖެއް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ކުރެވުނު އިއުލާނަށް ފުރިހަމަ ތަރުހީބު ލިބިފައި ނުވުމުން އެފުރުސަތު އަލުން ހުޅުވާލީމެވެ.
|
ތާރީޚް |
ވަގުތު |
ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން |
25 އޮކްޓޯބަރ އިން 01 ނޮވެމްބަރ 2021 |
08:00 އިން 15:00 |
މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން) |
31 އޮކްޓޯބަރ 2021 |
15:00 މެންދުރު |
އަންދާސީ ހިސާބު ހުށަހެޅުން |
02 ނޮވެމްބަރ 2021 |
01:00 މެންދުރު |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހުއީ-މެއިލް ކުރައްވާނީ tender@fenaka.mv އަށެވެ.
- އިޢުލާން ނަންބަރ
- ކުންފުނީގެ ނަން
- ނަމާއި ފޯނު ނަންބަރ
މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަން" އެއްގެ ގޮތުން މި ކުންފުނިން އީމެލް ކުރާނެ ވާހަކަދެއްނެވީމެވެ.
ނޯޓް: ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ tender@fenaka.mv އަށެވެ.