ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ
(IUL)10-F/10/2021/187:ނަންބަރު
އިޢުލާން
މި މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ދިވެހިންގެ މެދުގައި ޤައުމީ އަދި ވަޠަނީ ރޫޙު އާލާކޮށް، ދިވެހި ޤައުމިއްޔަތުގެ ސިފަތައް ލިބިފައިވާ ދިވެހިވަންތަ މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތްކުރުން ހިމެނިފައިވުމާއެކު، މިކަންކަން އާލާކުރުމުގެ މަޤްޞަދުގައި މި މިނިސްޓްރީގެ ފަރާތުން ތިން ސީޒަނަކަށް ބަހާލައިގެން ކޮންމެ ސީޒަނެއްގައި 50 މިނިޓްގެ 10 އެޕިސޯޑް ހިމެނޭ ގޮތަށް ޤައުމީ ރޫޙު އާލާކޮށްދޭ ފިލްމު ސީރީޒެއް ހެދުމަށް ބޭނުންވާތީ، މިސީރީޒްގެ ވާހަކަ އާއި ސްކްރީންޕްލޭ ތައްޔާރު ކުރުމަށް ބޭނުންވެއެވެ.
ވީމާ، މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 8 ނޮވެންބަރު 2021 ވާ ހޯމަ ދުވަހު ހެނދުނު 9:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 ނޮވެންބަރު 2021 ވާ ބުދަ ދުވަހު ހެނދުނު 10:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.
20 ރަބީޢުލްއައްވަލް 1443
26 އޮކްޓޯބަރު 2021