މަސައްކަތް
ނަންބަރު: (IUL)10-F/10/2021/189
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި: 01 ނޮވެންބަރު 2021 10:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މި މިނިސްޓްރީގެ އޭ ބްލޮކްގައި ހުންނަ ފާހާނާ މަރާމާތުކުޮށްދޭނޭ ފަރާތެއް ހޯދުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

     މާލެ، ދިވެހިރާއްޖެ                                           

    (IUL)10-F/10/2021/189: ނަންބަރު                                                     

އިޢުލާން

މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ އޭ ބްލޮކްގައި ހުންނަ ފާހާނާގައި ތިރީގައި މިދަންނަވާ މަރާމާތުތައް ކުރުމަށް ބޭނުންވެއެވެ.

  • ފާހާނާގެ ތަށި ބަދަލުކުރުން (ފާހާނާ ތަށި ހުންނަންވާނީ ހުދުކުލައިންނެވެ.)
  • މޫނުދޮންނަ ތަށި ބަދަލުކުރުން (މޫނުދޮންނަ ތަށި ހުންނަންވާނީ ހުދުކުލައިންނެވެ.)
  • 3 ފޫޓް 2 ފޫޓްގެ ކަބަޑެއް ޖަހާ ހަރުކުރުން (ކަބަޑު މަތި ހުންނަންވާނީ ގުރެނައިޓް އިންނެވެ. މޫނުދޮންނަ ތަށި ހުންނަންވާނީ ކަބަޑު މަތީ ހަރުކޮށްފައެވެ. ކަބަޑު ހުންނަންވާނީ ދެ ދޮރުފަތްލާ ބަންދުކުރެވޭ ގޮތަށެވެ. ކަބަޑު ހުންނަންވާނީ ހުދުކުލައިންނެވެ.  އަދި ކަބަޑު ހެދުމަށް ބޭނުންކުރާ މެޓީރިއަލްއަކީ ވޯޓަރ ރެސިސްޓެންޓް މެޓީރިއަލްއަކަށް ވާންޖެހޭނެއެވެ)
  • މިހާރު މޫނުދޮންނަ ތަށި ކުރިމަތީގައި ހުރި ލޯގަނޑު އާކޮށް ލޯގަނޑުވަށާ ބޯޑަރެއް އަޅައި މިރަރ ލައިޓް ބަދަލުކުރުން (ލޯގަނޑުގެ ސައިޒުގެ އުސްމިން ހުންނަންވާނީ 30 އިންޗި އަދި ފުޅާމިން 21 އިންޗި އެވެ. ނުވަތަ މި މިންތަކާ މާބޮޑު ތަފާތެއް ނެތް ލޯގަނޑެކެވެ.)
  • ފާހާނާގެ ސީލިންގ ހުރިހާ ބްލޮކްތައް ބަދަލުކުރުން
  • ފާހާނާގެ މުސްލިމް ޝަވަރު ބަދަލުކުރުން
  • ފާހާނާގައި ހުރި އިސްކުރުތައް ބަދަލު ކުރުން
  • ފާހާނާގެ ފްލޯޓައިލްސް މަތީގައި ހުދުކުލައިގެ ޝެރަކޮޓްލުން
  • ފާހާނާއަށް ވަންނަ ދޮރުގެ ދަވާދު އާކުރުން 

ވީމާ، މި ބީލަމުގައި ބައިވެރިވެއްލައްވަން ބޭނުންވާ ފަރާތްތަކުން، 1 ނޮވެންބަރު 2021 ވާ ހޯމަ ދުވަހުގެ މެންދުރު 10:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 9 ނޮވެންބަރު 2021 ވާ އަންގާރަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާހިސާބުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.

‏20 ރަބޢުލްއައްވަލް 1443

‏26 އޮކްޓޯބަރު    2021

26 އޮކްޓޫބަރު 2021